Wednesday, 9 September 2026
Ads by

ރައީސާ ގުޅުވައިގެން ”އަދަދު“ ނޫހުން ފަތުރާ ދޮގުތަކާ ހުރެ އެ ނޫސް ބޮއިކޮޓްކުރުމަށް ގޮވަނީ

ރައީސާ ގުޅުވައިގެން ”އަދަދު“ ނޫހުން ފަތުރާ ދޮގުތަކާ ހުރެ އެ ނޫސް ބޮއިކޮޓްކުރުމަށް ގޮވަނީ

"އަދަދު" ނޫސް ބޮއިކޮޓް ކުރުމަށް ގޮވާލާ މީސް މީޑިއާގައި ބޭނުންކުރަމުންދާ ޕޯސްޓަރު--- ފޮޓޯ: މީސް މީޑިއާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަގުވައްޓާލުމުގެ ގޮތުން އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުންދާ އެއްވެސް ޙަޤީޤަތެއް ނެތް އިލްޒާމްތަކުގެ ސަބަބުން ރާއްޖޭގައި ފިތުނަ އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އޮންލައިން ނޫސް ކަމަށްވާ ”އަދަދު“ ނޫސް ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ގޮވަން ފަށައިފިއެވެ.

Ad Image
Ads by

ތަކުރާރުކޮށް ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައި އެއްވެސް ޙަޤީޤަތެއް ނެތް އިލްޒާމުތައް އަޅުވަމުންދާ ”އަދަދު“ ނޫހުން އެންމެފަހުން މިވަނީ ”އައިޝާ“ ގެ ނަމުގައި ނެރުނު ޑޮކިއުމެންޓްރީގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި ޒިނޭގެ ހުތުރުވެގެންވާ ފާފައިގެ ތުޙުމަތުވެސް އަޅުވައިފައެވެ. މިކަން ކުށްވެރިކޮށް ގިނަ ބަޔަކު ވާހަކަދައްކަމުން އަންނައިރު، އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިން ވެސް ހިމެނެއެވެ.

”އަދަދު“ ނޫހަކީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި ސިޔާސީ ވަކި މަޤުސަދެއް ހާޞިލުކުރުމަށް މީހުންގެ އަބުރު ކަތިލާ ނޫހެއްގެ ގޮތުގައި އޮންނަނީ އަބަދުވެސް ލޭބަލްވެފައެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ”އަދަދު“ ނޫހުގެ ލިޔުންތައް ކިޔުން ހުއްޓާލުމަށާއި، އެ ނޫހުގެ ލިންކުތައް މީސް މީޑިއާގެ އެއްވެސް މަންސައެއްގައި ޙިއްޞާނުކުރުމަށް ގޮވާލައި މީސް މީޑިއާގެ އެކި މަންސަތަކުގައި ބޮޑު ކެމްޕޭނެއްވެސް މިހާރު ވަނީ ފަށައިފައެވެ. ވަކިން ޚާއްޞަކޮށް އެކްސް އަދި ފޭސްބުކްގައި ”ބޮއިކޮޓް އަދަދު“ ގެ ނަމުގައި ހޭޝްޓެގް ބޭނުންކޮށްގެން އެތައް ހާސް ބަޔަކު އަންނަނީ ”އަދަދު“ ނޫހާ ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންނެވެ.

ރައީސް މުޢިއްޒުއާ ގުޅުވައިގެން ”އަދަދު“ ނޫހުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ބުނަމުންދަނީ، އެ ނޫހުގެ އަމާޒަކީ ރައްޔިތުންނަށް ދޮގު މަޢުލޫމާތު ފޯރުކޮށްދީގެން ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެއްދުން ކަމަށެވެ. މީގެ އިތުރުން އެ ނޫހަކީ އިސްލާމްދީނާ ދުރު ލާދީނީ ފިކުރުގެ އެތަށް ކަމެއް ފަތުރާ ނޫހެއްގެ ގޮތުގައިވެސް އެއްބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އެގޮތުން އެ ނޫހުން ޝާޢިއުކުރާ ބައެއް ކާޓޫންތަކާއި ޑޮކިއުމެންޓްރީތަކުގައި އިސްލާމީ އުޞޫލުތަކާ ފުށުއަރާ އެތަށްކަމެއް ހުރިއިރު، ދީނީ ޝިޢާރުތަކަށް ފުރައްސާކޮށް ކާޓޫނާ ހަދާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ.

ދާދި ފަހުން ”އަދަދު“ ނޫހުން މިފަދަ ކާޓޫނެއް ޝާޢިއުކުރުމުގެ ސަބަބުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އެ ކާޓޫނު ނެގުމަށް އެ ނޫހަށް އަންގައިފައެވެ. ނަމަވެސް އެ ނޫހުން އެ ކާޓޫނު ނަގައިފައެއްނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު