Saturday, 17 October 2026
Ads by

103 ކުދިންނާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ ހިލޭ ޤުރުއާން ކްލާސްތައް ފަށައިފި

103 ކުދިންނާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ ހިލޭ ޤުރުއާން ކްލާސްތައް ފަށައިފި

އެޗްޑިސީން ކުރިއަށްގެންދާ ޤުރުއާން ކުލާސްތަކުގެ ތެރެއިން---

103 ކުދިންނާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ ހިލޭ ޤުރުއާން ކްލާސްތައް މިއަދު ފަށައިފިއެވެ.

Ad Image
Ads by

މި ޤުރުއާން ކްލާސްތަކަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ހިތްޖައްސައި އަޙުލުވެރިކުރުވުމަށް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް-އަޞްރު ޖަމުޢިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ޤުރުއާން ކްލާސްތަކެކެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ، މިއީ ހުޅުމާލޭގައި ޤުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް-އަޞްރު ޖަމުޢިއްޔާ އާއި އެ ކޯޕަރޭޝަނާއި ދެމެދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެއް ކަމަށެވެ. އަދި މި ކްލާސްތަކަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ ކްލާސްތަކެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ޤުރުއާން ކްލާސްތަކުގައި ބައިވެރިވުމަށް ހުސްވި ފެބްރުއަރީ މަހު ހުޅުވާލެވި، ރަޖިސްޓްރޭޝަން މަރުޙަލާ މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން މިހާތަނަށް ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން މި ކްލާސްތަކުގައި ބައިވެރިވެފައިވެއެވެ.

މި ޤުރުއާން ކްލާސްތައް މިއަދު ފަށާފައިވާއިރު، ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ކުދިން ވަކިން ސެޝަންތަކަކަށް ބަހާލައިގެން، ހުޅުމާލޭގެ އެކި މިސްކިތްތަކުގައެވެ. ކްލާސްތަކުގައި ޤުރުއާން ކިޔަވައިދޭ މުދައްރިސުން ހަމަޖެއްސުމާއި، ކިޔަވައިދިނުން ކުރިއަށްގެންދާނީ އަލް-އަޞްރު ޖަމުޢިއްޔާގެ ފަރާތުންނެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ދީނީ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ އިތުރަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި