Sunday, 26 July 2026
Ads by

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމާއި އައު ޑައިލިސިސް ސެންޓަރު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމާއި އައު ޑައިލިސިސް ސެންޓަރު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

ކުޅުދުއްފުށި ސިޓީ ޑައިލިސިސް ސެންޓަރު މެޑަމް ސާޖިދާ ހުޅުއްވައިދެއްވުން--- ފޮޓޯ؛ އެކި އެމްވީ

ހދ. ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި އިމަރޖެންސީ ރޫމާއި ޑައިލިސިސް ރޫމް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

Ad Image
Ads by

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި އިމަރޖެންސީ ރޫމާއި ޑައިލިސިސް ރޫމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވީ، އެކަމަނާ ކުޅުދުއްފުށި ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދެތަން ހުޅުވައިދެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ އިމަރޖެންސީ ރޫމާއި ޑައިލިސިސް ސެންޓަރު ބައްލަވާލައްވައިފައެވެ.

އަލަށް ހުޅުވިގެންދިޔަ އިމަރޖެންސީ ރޫމަކީ ޖާގަ ތަނަވަސް، ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ހަ އެނދުގެ މައްޗަށް އެކުލެވޭ ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެހެން ތަރައްޤީކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން އަލަށް ހުޅުވުނު ޑައިލިސިސް ސެންޓަރަކީވެސް ޖާގަ ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާއެކު ނުވަ އެނދުގެ މައްޗަށް އެކުލެވޭ ތަނެކެވެ. މީގެކުރިން މި ޚިދުމަތް ދެމުންދިޔައީ ވަސީލަތްތައް މަދު އެންމެ ހަތަރު އެނދުގެ މައްޗަށް އެކުލެވޭ ޑައިލިސިސް ސެންޓަރެއްގައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މީގެކުރިން އިމަރޖެންސީ ފަރުވާ ދެމުންދިޔައީ ޢިމާރާތުގެ އެތޭރޭގައި ހުންނަ ވަރޑެއްގައެވެ. ނަމަވެސް އަލަށް ތަރައްޤީކުރެވުނު އިމަރޖެންސީ ރޫމާއެކު ސީދާ އިމަރޖެންސީ ރޫމްގެ ވަންނަ ދޮރާ ދިމާލަށް އެމްބިއުލާންސަށް ކައިރި ކުރެވި، ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ދެވޭ ފަރުވާ އަވަސްވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ޤަބޫލުކުރެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ޑައިލިސިސް ސެންޓަރުތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޖާގަ ތަނަވަސް ކުރުމަށް އަޅާ އެކްސްޓެންޝަން ބިލްޑިންގތައް އިތުރުކުރުމުގެ އިތުރުން އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި