Wednesday, 9 September 2026
Ads by

އިންތިޚާބުތައް އެއްދުވަހެއްގައި ބާއްވަނީ ރިޔާސީ ދައުރު ދަންމާލާކަށް ނޫން: ރައީސް

އިންތިޚާބުތައް އެއްދުވަހެއްގައި ބާއްވަނީ ރިޔާސީ ދައުރު ދަންމާލާކަށް ނޫން: ރައީސް

"އެކްސްޕްރެސޯ ވިތް ރައީސް" ގައި ރައީސް ވާހަކަފުޅުދައްކަވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވާ ގޮތަށް ހަދަން އުޅެނީ، ރިޔާސީ ދައުރު ދަންމާލުމަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

”އެކްސްޕްރެސޯ ވިތް ރައީސް“ ގެ ނަމުގައި ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ޒުވާނަކު ވަނީ، ރައީސް އުޅުއްވަނީ ރިޔާސީ ދައުރު ދަންމާލަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތަކާ ގުޅޭގޮތުން ރައީސް މުޢިއްޒުއާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެކަހަލަ އެއްވެސް ކަމެއް ކުރެއްވުމުގެ ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތް ކަމަށާއި ކުރިއަށް އޮތް ތަނުގައި ނުވެސް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރެފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓުގައި އެފަދަ އެއްވެސް ކަމެއް ނޯންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ވޯޓުގައި އޮންނާނީ މިހާރު މި ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމުގެ ވާހަކަ ކަމަށެވެ.

”ހައެއްކަ މަސް ކުރުކޮށްލަން ޖެހެންޏާ ޤާނޫނުއަސާސީ އޮތް ގޮތުން ރައްޔިތުންގެ ގާތުން އަހަން ޖެހޭނެ، އެހެންވީމާ ވޯޓުގައި މި އަހަނީ މިހާރު މި އޮތް މަޖިލީހުގެ ދައުރު ކުރުކޮށްލާފައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް ފެންނަ ކަމެއްތޯ، އާނއޭކޭ ނުވަތަ ނޫނެކޭ، އެއަށް އެއްޗެއް ވިދާޅުވެދެއްވާށޭ، މިއަކު ނާދޭ ރިޔާސީ އިންތިޚާބު ދިގުކުރާ ވާހަކައެއް، އެކަހަލަ އެއްވެސް ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން،“ – ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ އެކަމުގެ ސަބަބުން ކުރާނީ ފައިދާ ކަމަށެވެ. ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވައިފިނަމަ ޚަރަދުތައް ކުޑަކުރެވި، ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، މިނިވަން އިންތިޚާބަކުން ކެންޑިޑޭޓުން އިންތިޚާބު ކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ނުފޫޒުތަކުގައި ޖެހުމުގެ ސަޤާފަތް ވެސް އެކުގައި ނެތިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި