Saturday, 28 November 2026
Ads by

ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޞާލިޙް އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ

ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޞާލިޙް އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ

ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަޙްމަދު ޞާލިހް އަލީދީދީ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އޭނާ ނިޔާވެފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

މަރުޙޫމު ޞާލިޙް އަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ޞާލިޙް ނިޔާވުމާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އަދި ޚާއްޞަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު ޞާލިޙް ޢަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި އައްޑޫގެ ރައްޔިތުންނަށާއި، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައިވަނީ މަރްޙޫމް އަޙްމަދު ޞާލިހް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާ ދަންނަވާފައެވެ.

ސ.ހިތަދޫ، ފެހިވިލާގެ އަޙްމަދު ޞާލިހް އަލީދީދީގެ ޖަނާޒާ ބާއްވާފައިވަނީ މިރޭ އިޝާ ނަމާދަށްފަހު ހިތަދޫގައި ހުންނަ ޙުސައިން މޫސާ މިސްކިތުގައެވެ.

އަޙްމަދު ޞާލިހު އަލީދީދީ ވަނީ ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ހިތަދޫ ކަތީބުކަމާއި އައްޑު އަތޮޅުގެ އަތޮޅުވެރިޔާ ވެރިކަމާއި އައްޑު އަތޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރުކަމުގެ މަޤާމުވެސް އޭނާ އަދާކުރައްވާފައިވެއެވެ.

އައްޑު އަތޮޅުން ޤައުމީ މުބާރާތެއްގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ވެސް އަޙްމަދު ޞާލިހު އަލީދީދީ އަށެވެ. އޭނާގެ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝަރަފުވެރިކަމުގެ އެވޯޑެއް ވެސް އަރުވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_md_202611280916001795839360
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައްޔާޒުގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި
photo_2026-11-28_07-24-05
10 މިލިއަން ޑޮލަރުގެ އެޑްވާންސާއެކު ނެރުނު ބައިޑެންގެ ފޮތް ފެއިލްވެ، ބޮޑެތި ފާޑުކިޔުންތަކެއް
Bailaley
ކާނަލް ރިޓަޔަރޑް ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
muizzu rayyithunge adu33
ސޯޝަލް މީޑިއާގެ ސަބަބުން ދަރިވަރުން ގެއްލިދާތީ، ޓީޗަރަކު ރައީސް މުޢިއްޒަށް ސީރިއަސް ކަންބޮޑުވުންތަކެއް ހުށަހަޅައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި