Ads by
ޚަބަރު
ރާއްޖެއަށް ޒިޔާރަތްކުރި ފަތުުރުވެރިންގެ އަދަދު 9 ލައްކައަށް
ފޮޓޯ: މީސް މީޑިޔާ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް އަރައިފިއެވެ.

Ads by Eki Online

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 903،775 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 10 ޕަސެންޓް އިތުރުވުމެކެވެ. މި މުއްދަތުގައި މިދިޔަ އަހަތު ޒިޔާރަތްކޮށްފައިވަނީ 821،248 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. މިހާތަނައް އެ ގައުމުން 102،075 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން އަންނަ ރަޝިއާއިން 91،618 ފަތުރުވެރިން ވަނީ ޒިޔާރަތްކޮޢްފައެވެ. 85،840 ފަތުރުވެރިންނާއެކު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 5،831 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ރާއްޖޭގައި ފަތުރުވެރިން 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއިން މި އަހަރު އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *