Saturday, 24 October 2026
Ads by

ދިރާގުން ސީއެސްއާރްގެ ދަށުން އިސްލާމީ މަރުކަޒަށް 6 ޓީވީ

ދިރާގުން ސީއެސްއާރްގެ ދަށުން އިސްލާމީ މަރުކަޒަށް 6 ޓީވީ

ހުކުރު ހުތުބާގެ ސަބްޓައިޓަލް ފެންނަ ގޮތް ހެދުމަށާއި، މަޖިދުލް ސުލްޡާން މުޙައްމަދު ތަކުރުފާނު އަލް އައުޛަމް (އިސްލާމީ މަރުކަޒު)ގެ އެކި ފަންގިފިލާތަކަށް ހުތުބާ ފެންނާނެ ގޮތް ހެދުމަށް ދިރާގުގެ ހެޔޮ އެދުންތަކާއި އެކު 6 ޓީވީ ހަދިޔާކޮށްފިއެވެ.

Ad Image
Ads by

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި ޓީވީ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވާއިރު، އިސްލާމީ މަރުކަޒުގެ ފަރާތުން މި ޓީވީ ތަކާއި ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުޙައްމަދު މިރްޝާން ހަސަން އަދި އެކްޓިންގ ސީއީއޯ އެންޑް ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ވަނީ ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ދިރާގުން ސީއެސްއާރްގެ ދަށުން އެ ވުޒާރާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވައިފާ ޝުކުރު ދަންނަވައިފައެވެ. އަދި އެހެން ކުންފުނިތަކުންވެސް ދިރާގުން ދައްކާ ނަމޫނާ ބަލައިގަތުމަށް އެމަނިފާނު ވަނީ ވިދާޅުވެފައެވެ. ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ކަންކަމަށް ފޯރުކޮށްދެވޭ މިފަދަ އެހީތަކަކީ ގެއްލިގެން ނުދާނެ ކަންކަން ކަމަށެވެ.

މިއީ މިފަދަ ހަރަކާތެއް ދިވެހިރާއްޖޭގައި ކުރާ ފުރަތަމަ ފަހަރެވެ. މިކަން ވެގެންދާނީ މުޖުތަމަޢުގައި ގިނަ މީހުން ބައިވެރިކުރުމަށް އެޅޭ މުހިން ފިޔަވަޅަކަށެވެ. އަދި ޚާއްސަކޮށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ރާއްޖޭގައި ދިރިއުޅޭ އެހެން ނަސްލުގެ މުސްލިމުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހައަކަށްވެސް ވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި