Saturday, 24 October 2026
Ads by

ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރަނީ

ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރަނީ

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކާ ނިންމާލާފައި--- ފޮޓޯ: އެޗްޑީސީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބުނު ފަރާތްތަކަށް އެ ގޯތިތައް ޙަވާލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލޭ ތިންވަނަ ފިޔަވަހި ސަރވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ހުއްޓިފައި އޮތުމަށްފަހު މި ސަރުކާރު އައިސް، އަލުން އެ މަސައްކަތް ފަށައި އެއްކޮށް ނިންމާލީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަޝްރޫޢަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ އަދަދާއި އެ ތަންތަނުގެ ސައިޒު:

  • 1،650 އަކަފޫޓުގެ 181 ގޯތި
  • 2،050 އަކަފޫޓުގެ 242 ގޯތި
  • 2،450 އަކަފޫޓުގެ 132 ގޯތި
  • 2،850 އަކަފޫޓުގެ 62 ގޯތި
  • 3،250 އަކަފޫޓުގެ 41 ގޯތި
  • 3،650 އަކަފޫޓުގެ 16 ގޯތި
  • 4،000 އަކަފޫޓުގެ 24 ގޯތި

މި 698 ގޯތީގެ ގުރުއަތުލީ ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި