Ads by
ޚަބަރު
ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ރިޒާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ މެންބަރަކަށް މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް އައްޔަން ކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by Eki Online

މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި ހުސައިން ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކްއެވެ. އޭނާ ޖޭއެސްސީއަށް އައްޔަންކުރަން ފެންނަ ކަމަށް 83 މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވައިފައެވެ.

ޖޭއެސްސީއަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ނަމެއް ހުށަހަޅާފައިނުވެއެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިންނަވައެވެ. މީގެ އިތުރުން މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ބަންޑާރަ ނައިބާއި ރައީސް ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް ޖޭއެސްސީގައި އިންނަވާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *