Wednesday, 9 September 2026
Ads by

އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވިއްޖެނަމަ ޤައުމުގައި ހަމަޖެހުން އޮންނާނެ: އާޒިމާ

އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވިއްޖެނަމަ ޤައުމުގައި ހަމަޖެހުން އޮންނާނެ: އާޒިމާ

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު---

މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިއްޖެނަމަ ދިވެހިރާއްޖޭގައި ހަމަޖެހުން ޤާއިމުވެ އޮންނާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އާޒިމާ މި މޭރުމުން ވިދާޅުވީ، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ’ޕޮލިސީ އެމްވީ‘ އިން ”ސިޔާސަތު ޚާއްޞަ“ ގެ ނަމުގައި ރޭ ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ. މި ފޯރަމުގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، އައު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނު ފަހުން މިހާތަނަށް އިންތިޚާބުވި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިފައިނުވާ ކަމަށެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ އޮނިގަނޑު އޮންނަ ގޮތުން ދިވެހީން އަބަދުވެސް ތިބެނީ އިންތިޚާބުތަކެއް ތެރޭގައިކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭ ތިން އިންތިޚާބު ބޭއްވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އިންތިޚާބުތައް މަދުވި ނަމަވެސް ޑިމޮކްރަސީއަށް އެއްވެސް ބާވަތެއްގެ ހުރަހެއްގެ އެޅޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

”ޑިމޮކްރަސީގެ ސުވާލުތޯ މަދުވަނީ، ސުވާލު އަހާ ފަހަރުތޯ މަދުވަނީ، އެއްވެސް ޙާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަޅުގަނޑުގެ ދާއިރާއިން އިންތިޚާބުކުރާނީ މިވެނި މީހަކު، އޭގައި އަޅުގަނޑުގެ ސޭއެއް މަދެއްނުވޭ،“ – އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ، ސަރުކާރުން އަބަދު ރައްޔިތުންނަށް ވަޒީފާދީގެން ވެރިކަން ހިންގާ ވިސްނުމަކީ ކޮންމެހެން ބަދަލުކުރަން ޖެހިފައިވާ ވިސްނުމެއް ކަމަށެވެ. އަދި ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަށް ބޭނުންވަނީ ޤައުމުގެ ޚާރިޖީ ސިޔާސަތާއި ދަރަނީގެ ކަންކަން އަމިއްލައަށް ބެލެހެއްޓޭނެ، ވަރުގަދަ ރިޔާސީ ނިޒާމެއް ކަމަށްވެސް އާޒިމާ ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި