Wednesday, 9 September 2026
Ads by

ވެރިކަންކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ ފުރުޞަތު ހަނިވޭ: ދިޔާނާ

ވެރިކަންކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ ފުރުޞަތު ހަނިވޭ: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު--- ފޮޓޯ: ޕީއެސްއެމް

ވެރިކަންކުރާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ ފުރުޞަތު ހަނިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދިޔާނާ މި މޭރުމުން ވިދާޅުވީ، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ’ޕޮލިސީ އެމްވީ‘ އިން ”ސިޔާސަތު ޚާއްޞަ“ ގެ ނަމުގައި ރޭ ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ. މި ފޯރަމުގައި ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ، މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސުން ތާއީދުކުރެއްވި ކަމަށެވެ.

އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސުން ވެސް ތާއީދުކުރައްވާފައިވާކަން ހާމަކުރައްވަމުން ދިޔާނާ ވިދާޅުވީ، މީގެ ކުރިން 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ހދ. ނޮޅިވަރަމަށް ވަޑައިގެން އެ ރަށުގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ތިން އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައިވާ ކަމަށެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގައި އިންތިޚާބުތައް ވަކިވަކިން ބާއްވާތީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި، އެކަން ޙައްލުކުރުމަށް ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް މީގެ ދުވަސްތަކެއް ކުރިން ތާއީދުކުރެއްވިކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ، އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމަށް އެ ހުރިހާ ބޭފުޅުން ވެސް ތާއީދުކުރެއްވީ، އެކަމުގެ ސަބަބުން ދުސްތޫރީ މަންފާތަކެއް ލިބޭނެތީ ކަމަށެވެ. ދިޔާނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ލިބިގެންދާނެ އެންމެ ބޮޑު އެއް ފައިދާއަކީ، ސަރުކާރު ޖަވާބުދާރީކުރުވޭނެ މަޖިލީހެއް އިންތިޚާބުކުރުމުގެ ފުރުޞަތު ލިބިގެން ދިއުން ކަމަށެވެ.

”ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ވޭތުވެދިޔަ ދެ ދައުރާއި މި ހިނގާ ދައުރާ އެއްކޮށް އަޅުގަނޑުމެންނަށް ލިބިފައި މި އޮތީ ސުޕަރމެޖޯރިޓީ މަޖިލީހެއް، އެއީ ސަރުކާރުގެ މުތުލަގު ބާރު އޮންނަ މަޖިލީހެއް. ސުޕަރމެޖޯރިޓީ މަޖިލިސް ލިބުނީމާ މި ވާގޮތަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގައި ފަހަތަށް އެބަޖެހޭ، އެއީ ސަރުކާރާއި މަޖިލީހާ މި އޮންނަނީ ވަރަށް ބޮޑަށް މަސްހުނިވެފައި ކަމަށްވާތީ،“ – ކުރީގެ ބަންޑާރަނައިބު ދިޔާނާ ސަޢީދު ވިދާޅުވިއެވެ.

ކަން މިހެން އޮތުމާއެކު ޤާނޫނުއަސާސީން ގެންނަން ބޭނުންވާ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމު އެންމެ އެދެވޭ ގޮތެއްގައި ނުގެނެވޭ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ. ދިޔާނާ އިތުރަށް ވިދާޅުވެފައިވަނީ މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ހަމަހަމަ މަޖިލީހެއް އިންތިޚާބުކުރުމަށް ލިބިގެންދާނެ ފުރުޞަތެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި