Sunday, 26 July 2026
Ads by

މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދެއްވީ މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން !

މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދެއްވީ މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން !

މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދެއްވައިފިއެވެ.

Ad Image
Ads by

”މައިންބަފައިންނަށް ކަމޭހިތުން“ މި މަޢުޟޫއުއަށް މިއަދު އިއްވި ޚުޠުބާގައި ބުނީ ﷲ تَعَالَى ވަނީ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވައިފާކަމަށެވެ. އެ ދެ މީހުންގެ ޙައްޤު ނުހަނު މަތިވެރިކަމަށާއި، ދަރީންގެ ބާއްޖަވެރިކަމަށް ޓަކައި، އެ ދެ މީހުންވާ ޤުރުބާނީގެ އަގު ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.

މައިންބަފައިންނަކީ އިންސާނާ ދުނިޔެއަށް އައުމަށް މެދުވެރިވި ސަބަބުކަން ފާހަގަކުރައްވާ ޚުޠުބާގައި ބުނީ އިޙުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވާކަމަށެވެ. ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށްޓަކައި މައިންބަފައިން ޖާނާއި މާލުންވާ ގުރުބާނީ ފާހަގަކޮށް ޚުޠުބާގައި ބުނީ މި ފަދަ ބޮޑެތި ޤުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރާކަމަށެވެ.

އިސްލާމްދީނުގައި ވަނީ މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވައިފައެވެ. ކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ. މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންނާއި ޞާލިހުންގެ ޚުލުޤުފުޅެވެ. އެއީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ވެސް މެއެވެ. އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ރަނގަޅުވެއެވެ.

ޚުޠުބާގައި މައިންބަފައިންނަށް ކަމޭހިތުމާއި ގުޅޭގޮތުން އައިސްފައިވާ މާތްﷲ ގެ ވަހީ ބަސްފުޅާއި ނަބިއްޔާ ﷺ ހަދީޘް ބަސްފުޅުތަކަށް އަލިއަޅުއްވާލައްވާފައި ވެއެވެ. ޚުޠުބާގައި ބުނީ މައިންބަފައިންނަށް ހެޔޮކޮށްހިތާ މީހަކު ވާހުށީ ބާއްޖަވެރި ތަވާޟުޢުވެރި މީހަކަށް ކަމަށެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ ދީލަތިކަމުގެ ސިފައެއް ކަމަށާއި، އެއީ ފުރިހަމަކަމާއި މާތްކަމުގެ ދަލީލެއްކަމާއި، އަދި އެއީ ސުވަރުގެއަށް ވާސިލުކޮށްދޭ މަގެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْوَالِدُ أَوْسَطُ أَبْوَابِ الْـجَنَّةِ، فَإِنْ شِئْتَ فَأَضِعْ ذَلِكَ الْبَابَ أَوِ احْفَظْهُ) މާނައީ: ”މަންމައާއި ބައްޕައަކީ ސުވަރުގޭގެ އެންމެ ރަނގަޅު ދޮރުކޮޅެވެ. (އެބަހީ: ބައްޕައަށް ކިޔަމަންގަތުމަކީ ސުވަރުގޭގެ އެންމެ މޮޅު ދޮރުކޮޅުން ވަދެވޭނޭ މަގެވެ.) ފަހެ އެ ދޮރުކޮޅު ނަގައިލުން ނުވަތަ އެއަށް ރައްކާތެރިވުން ވެސް ވަނީ ތިބާގެ އިޚުތިޔާރުގައެވެ.

ޚުޠުބާގައި ބުނީ ﷲ تَعَالَىގެ ޙައްޤު އަދާކުރުމަށް އަމުރުކުރެއްވެވުމާ ވިދިގެން ދެން އަމުރު ކުރެއްވެވީ މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް ކަމަށެވެ. މިއާއިއެކު މާތް ﷲ ގެ ވަހީ ބަސްފުޅުން މިކަން ސާފުކޮށްދެއްވިއެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْعًا وَبِالْوَالِدَيْنِ إِحْسَنَا މާނައީ: ”އަދި ތިޔަބައިމީހުން، ހަމައެކަނި ﷲއަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ!

އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَنَا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كَلَاهُمَا فَلَا تَقُل لَهُمَا أُ وَلَا نَهُرْهُمَا وَقُل لَهُمَا قَوْلًا كَرِيمًا وَأَخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَبِّ ارْحَمَهُمَا كَمَا رَبَّيَانِي صَغِيرًا

މާނައީ:“އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެ ދެ މީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް رحمةލައްވައިފާނދޭވެ!“

ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅާއިއެކު ޚުޠުބާގައި ބުނީ މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (رَغِمَ أَنْفُ، ثُـمَّ رَغِمَ أَنْفُ، ثُـمَّ رَغِمَ أَنْفُ) قِيْلَ: مَنْ يَا رَسُوْلَ اللهِ؟ قَالَ: (مَنْ أَدْرَكَ أَبَوَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا فَلَمْ يَدْخُلِ الْـجَنَّةَ) މާނައީ: ”ގެއްލި ހަލާކުވެއްޖެއެވެ! ގެއްލި ހަލާކުވެއްޖެއެވެ! ގެއްލި ހަލާކުވެއްޖެއެވެ!“ އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”މައިންބަފައިން ކުރެ އެކަކު ނުވަތަ ދެ މީހުން، މުސްކުޅި ޢުމުރުގައި އެ މީހަކާ ބައްދަލުވެ، (އެ ދެ މީހުންނަށް ޚިދުމަތްނުކޮށް އަޅައިލައި އޯގާތެރިނުވުމުގެ ސަބަބުން) ސުވަރުގެ ނުވަދެވުނު މީހާއެވެ.“

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއްކަމަށާއި އެއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. ابْنُ مَسْعُوْد رَضِيَ اللهُ عَنْه ވިދާޅުވިއެވެ. މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލާ މެދު ނަބިއްޔާ ﷺ އާ ސުވާލުދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (اَلصَّلَاةُ عَلَى وَقْتِهَا) މާނައީ: ”ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.“ ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. (ثُـمَّ بِرُّ الْوَالِدَيْنِ) ”އެއަށް ފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ.“ ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. (اَلْـجِهَادُ فِيْ سَبِيْلِ اللَّهِ) ”ﷲގެ މަގުގައި ޖިހާދުކުރުމެވެ.“

އަހަރުމެންނަކީ މަގުފުރެދި ޖާހިލުކަމާއި ހަވާނަފުސަށް ހެއްލިނުގޮސް މައިންބަފައިން އެދޭފަދައިން މާތް އަޚުލާޤެއްގެ ވެރިންގެ ގޮތުގައި، ހެޔޮ ކަމުގެ މަގުގައި ރިވެތި އަޚުލާޤާ އެކު ކުރިއަށްދާ ބަޔަކަށްވުމަށް ޚުޠުބާގައި ނަސޭޙާތްތެރިވިއެވެ.

އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށް ޓަކައިވާ ގުރުބާނީގެ މަތިން ހަނދުމަކޮށް، އަހަރެމެންގެ ސަލަފުން ނަމޫނާއަކަށް ބަލާ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި އެ ފަދަ ހާދިސާތަކުން ޢިބުރަތްހާސިލުކުރުމަށް ޚުޠުބާގައި ގޮވާލިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި