Sunday, 26 July 2026
Ads by

ދައުރު ނިމޭއިރު ވިލިމާލެއަކީ ގިނަ ފުރުޞަތުތަކާއެކު ތަރައްޤީވެފައިވާ އަވަށަކަށްވެގެންދާނެ: މުއްޠަލިބް

ދައުރު ނިމޭއިރު ވިލިމާލެއަކީ ގިނަ ފުރުޞަތުތަކާއެކު ތަރައްޤީވެފައިވާ އަވަށަކަށްވެގެންދާނެ: މުއްޠަލިބް

ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ވިލިމާލެ އޮންނާނީ ތަފާތު އެކި ފުރުޞަތުތަކާއެކު ތަރައްޤީވެފައިވާ އަވަށެއްގެ ގޮތުގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މި ފަސް އަހަރުގެ ދައުރު ނިމޭއިރު ވިލިމާލެ ވެގެންދާނީ މާލެ އާއި ހުޅުމާލެއެކޭ އެއްފަދައިން އެކިއެކި ފުރުޞަތުތައް ތަނަވެސްވެފައި އޮތް އަވަށަކަށް ކަމަށެވެ.

”އެ މަޝްރޫޢުއާއެކު ވިލިމާލެވެގެން ދާނީ ފުރުޞަތު އޮތް ތަރައްޤީވެފައިވާ އަވަށަކަށް، ވަޒީފާއާއި ތަޢުލީމީ ފުރުޞަތުތަކާއި ރަނގަޅު ފެންވަރުގެ ޞިއްޙީ ނިޒާމަކާއި ދިރިއުޅުމުގެ ގިނަކަންކަން ހަމަޖެހިފައިވާ ތަނަކަށް، މާލެއާއި ހުޅުމާލެއެކޭ އެއް ހަމައެއްގައި ފުރުޞަތު ތަނަވެސްފައިވާ ރަށަކަށް،“ – މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

ވިލިމާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހި ކަމަށް ދިމާވެފައިވާ މައްސަލަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުން ލޯނު ނަގައިގެން އެ މީހުން ގެތައް ހަދާފައިވާއިރު ކުއްޔަށް ދޭނެ ޖާގައެއްވެސް ގޭގައި ނުހުންނަ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ލޯނު ދައްކަމުން ދަނީ ލިބޭ މުސާރަކޮޅުން ވަރަށް ދަތި ޙާލަތެއްގައި، ނަމަވެސް އަލަށް ތަރައްޤީކުރެވޭ ހައުސިންގ ޔުނިޓްތަކާއެކު އެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވިލިމާލޭގެ ގޯތިތަކުގައި 10 ފަންގިފިލާއަށް ޢިމާރާތްކުރުމަށް މި ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން އެކަމަށް ފާޑުކީ ބަޔަކު ތިބި ކަމަށާއި ނަމަވެސް، ސަރުކާރުން އެކަން އެގޮތަށް ކުރަން ނިންމީ ވިލިމާލޭގައި އިތުރުވަމުން އަންނަ އާބާދީގެ ނިޞްބަތަށް ބަލައި، ކުރިއަށް އޮތް ޖީލުތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ އާއި ހުޅުމާލެއެކޭ އެއްފަދައިން ވިލިމާލެ އަކީވެސް ތަރައްޤީވެފައިވާ އަވަށަކަށް ހެދުމަށް ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިލިމާލޭގައި ޒަމާނީ ފެންވަރަކަށް ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސޮއިވެސް ކޮށްފައެވެ. މީގެ އިތުރުން ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ އިތުރުން ސަރުކާރުން މާލޭ ސިޓީގައި ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިނުގެ ފަސް ކާރު އެ އަވަށުގައި ދުއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި