Wednesday, 9 September 2026
Ads by

ދަރަނި މެނޭޖް ކުރަމުން ރައީސް މުޢިއްޒު ގެނެސްދެއްވާ ތަރައްޤީފެނި އަންތަރީސް ވެއްްޖެ : ޤާސިމް

ދަރަނި މެނޭޖް ކުރަމުން ރައީސް މުޢިއްޒު ގެނެސްދެއްވާ ތަރައްޤީފެނި އަންތަރީސް ވެއްްޖެ : ޤާސިމް

ދިވެހިރާއްޖޭގައި ވޭތުވެ ދިޔަ އެތައް ސަރުކާރަކުން އުފެއްދި ބޮޑެތި ދަރަނިތައް ދައްކަމުން ޤައުމު ބަނގުރޫޓުވިޔަނުދީ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައީސް މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ތަރައްޤީގެ މަސައްކަތްތައް ފެނިވަޑައިގެން އަޖާއިބުވެ އަންތަރީސްވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޤާސިމް މިފަދައިން ވިދާޅުވީ ޓީވީއެމްގެ “ ހޭލުން“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުޢިއްޒުއަށާއި އަދުގެ ސަރުކާރަށް ވަރަށްބޮޑަށް ތަޢުރީފް ކުރައްވާ ޤާސިމް ވިދާޅުވީ މިއަށްވުރެ ބޮޑަށް ރައްޔިތުންނަށް އަޅާލާ. އިޚުލާސްތެރިކަމާއެކު ވެރިކަން ކުރައްވާ ރައީސެއް މިހާތަނަށް އަދި ފެނިވަޑައިގެންފައިނުވާ ކަމަށެވެ.

”އަޅުގަނޑަށް ފެނުނުތަނުގައި، މިއަށްވުރެ ވަފާތެރިކޮށް، އިޚުލާސްތެރިކޮށް، އަމާނާތްތެރިކޮށް، އިންސާނިއްޔަތުކަން ހުރެގެން މީހުންނާއި ދޭތެރޭ ކަންތައްކުރި މީހަކުނެތް، މިފަދަ ނިކަމެތި ހާލަތުގަ މިފަދަ ބޮޑު ދަރަނީގެ ތެރޭގައި އޮއްވާ، ރަށްރަށަށްގޮސް އެ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކާ އެކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ދަންނަވާނެ އެއްޗެއްވެސް ނެތް. އަޅުގަނޑު މިހުރީ އަންތަރީސް ވެފައި“ ޤާސިމް ވިދާޅުވިއެވެ.

ހަމަމިއާއެކު ދަޢުލަތަށް އާމްދަނީ ހޯދުމަށްޓަކާ ރައްޔިތުންއަތުން އިންތިހާއަށް ޓެކްސް ނަގަމުންދާން ޖެހިފައިވަނީވެސް ކުރީގެ ސަރުކާރުތަކުން ޤައުމު ދަރަނިން ސަލާމަތް ނުވާވަރު ކޮށްފައި އޮތުމުން ކަމަށް ޤާސިމް ވިދާޅުވިއެވެ. މިކަންކަމަށް ހައްލު ގެނައުމަށްޓަކައި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް މި އަންނަ ހީނަރުކަމާއި އެކު އޭގެ އަސަރުތައްވެސް ދިވެހިރާއްޖޭން ތަޖުރިބާކުރަން ޖެހިފައިވާ ކަން ޤާސިމް ފާހަގަކުރެއްވިއެވެ. އެހެން ކަމުން މިހުރިހާ ޙާލަތެއް ކުރިމަތީގައި އޮއްވާ ސިޔާސީ މަންފާއަށް ވެރިކަން ބޭނުންވެގެން ޤައުމުގައި ހަޅުތާލު ހަދަން އުޅެގެން ނުވާނެ ކަމަށާއި، ސިޔާސީ ފަރާތްތަކުންވެސް ވިސްނަންވާނީ ޤައުމުގެ ރައްޔިތުންގެ އަމާންކަމާއި، ސަލާމާތްތެރި ކަމަށް ކަމުގައި ޤާސިމް ވިދާޅުވިއެވެ.

މިއާއިއެކު ޤާސިމް އުފެއްދެވި ސުވާލަކީ އިދިކޮޅު އެމްޑީޕީން މިދިޔަ 5 އަހަރު ވެރިކަމުގައި ތިއްބެވިއިރު، އެބޭފުޅުން ވެރިކަމަށް އަންނަން 2018 ގައި ވީ ވަޢުދުތައް ފުއްދުނުތޯއެވެ. އަދި އެމްޑީޕީން ވެރިކަމަށް އަންނަންވެގެން ދެއްކި ވާހަކަތައް ހަގީގަތަށް ހެދުނުތޯ ޤާސިމް ސުވާލު ކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
5 މަސް ކުރިން

ސާބަހޭ އޮނަރަބަލް ގާސިމް އިބްރާހިމް ތިހެން ތިއްބަވާނީ ޤައުމަޢް އިޚްލާސްތެރި ވަފާތެރިން އަދިވެސް އެއްފަހަރު ޤާސިމް އިބްރާހިމްއަޢް ހިފެހެއްޓމެއްނެތީ ޝުކުރާ މުބާރިކއބާދު އަރިސްކުރަން

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި