Ads by
ޚަބަރު
ފަރެސް މާތޮޑާގައި 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަނީ

ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުގައި ހަދާ ޓޫރިޒަމް ޒޯންގައި ސިޓީ ހޮޓަލެއް އަޅަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ހަވާލުކޮށްފިއެވެ.

Ads by Eki Online

މި މަޝްރޫއު ހަވާލުކޯށްފައިވަނީ ސިލްވާ ލޭންޑް ހޮޓެލްސްއާއެވެ. އެ އެއްބަސްވުމުގައި އާރްސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީނެވެ. އަދި ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖްމެންޓް ހެޑް އިބްރާހިމް މުހައްމަދެވެ.

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު އެސިޓީ ހޮޓަލުގެ ސަބަބުން އެސަރަޙައްދުގައި 200 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އާރްއޭސީއެލް އިން މަޢުލޫމާތު ދީފައިވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ މާޗްމަހުގެ 15 ގައެވެ. އެ އެއަރޕޯޓް ހުޅުވުމާއެކު އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް އެ ސަރަހައްދަށް އަންނާނެކަމަށް ސަރުކާރުން ވަނީ މީގެކުރިންވެސް ބުނެފައެވެ.

އާރުއޭސީއެލްއިން މިހާރު ވެސް ހަތް އެއާޕޯޓެއް ހިންގަމުން އަންނަ އިރު، އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި ސިޓީހޮޓާތައް އެޅުމަށް އެކުންފުނިން އަންނަނީ ޕްލޭން ކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *