Ads by
ޚަބަރު
80 ވޯޓާއެކު މަޖިލީހުގެ ނައިބު ރައީސަކަށް އަހުމަދު ނާޒިމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 80 މެމްބަރުންގެ ވޯޓާއިއެކު، 20 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބުވެއްޖެއެވެ.

Ads by Eki Online

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށްފަހު މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާއަށް ނައިބު ރައީސްކަމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ ނާޒިމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ.

92 މެންބަރުންގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ ސިއްރު ވޯޓުގައި ނާޒިމް ނައިބު ރައީސްކަމަށް އިންތިހާބުކުރަން ވޯޓު ދެއްވީ 80 މެންބަރުންނެވެ. އަދި އަހުމަދު ދީދީ އިންތިހާބުކުރަން ވޯޓު ދެއްވީ 12 މެންބަރުންނެވެ.

މިއަދު ކުރިއަށްދިޔަ ވޯޓުގައި މަޖިލިސް ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ބައިވެރިވެވަޑައިނުގަންނަވައެވެ.

އާ މަޖިލީހުގެ ނައިބު ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި އަޙްމަދު ނާޒިމްވަނީ ވަނީ 16 ވަނަ މަޖިލީހާއި 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *