Ads by
ޚަބަރު
71 ވޯޓާއިއެކު މަޖިލިސް ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ 71 މެމްބަރުންގެ ވޯޓާއިއެކު، 20 ވަނަ ދައުރުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބުވެއްޖެއެވެ.

Ads by Eki Online

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށްފަހު މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާއަށް ރައީސްކަމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ އަބްދުއްރަހީމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ.

92 މެމްބަރުންގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ ސިއްރު ވޯޓުގައި އަބްދުއްރަހީމް ރައީސްކަމަށް އިންތިހާބުކުރަން ވޯޓު ދެއްވީ 71 މެމްބަރުންނެވެ. އަދި ނާޒިލް އިންތިހާބުކުރަން ވޯޓު ދެއްވީ 14 މެމްބަރުންނެވެ. ބާތިލު 7 ވޯޓުވެސް ހިމެނެއެވެ.

މިއަދު ކުރިއަށްދިޔަ ވޯޓުގައި މަޖިލިސް ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ބައިވެރިވެވަޑައިނުގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާންވާނެ ކަމަށް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *