Ads by
ޚަބަރު
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް

އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން ވިހިވަނަ މަޖިލީހުގައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އިންތިހާބުކޮށްފިއެވެ.

Ads by Eki Online

20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އެމްޑީޕީ ތަމްސީލްކުރައްވާނީ އެންމެ 12 މެންބަރުންނެވެ. ޕާލިމެންޓްރީ ގްރޫޕުގެ ލީޑާޝިޕަށް އެއިން 8 މެންބަރަކު އިއްޔަ އިންތިހާބުކޮށްފައިވެއެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ނާޒިލް އިންތިހާބު ކުރިއިރު، ޑެޕިއުޑީ ލީޑަރުންނަށް އިންތިހާބު ކޮށްފައިވަނީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަދި މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ދީދީއެވެ. އަދި އެމްޑީޕީގެ މައިނޯރިޓީ އޮތް އެމްޑީޕީއިން ޕާލިމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުކުރީ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މީގެއިތުރުން، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަށް އިންތިހާބު ކުރީ މާވަށު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޝާކިރެވެ. އަދި ޗީފް ވިޕްގެ މަގާމަށް އިންތިހާބުކުރީ ތޮއްޑޫ ދާއިރާގެ އިންތިހާބީ މެންބަރު ހުސައިން ސަމީރެވެ.

ވިޕުންގެ ގޮތުގައި އިންތިހާބުކުރީ ކަނޑިތީމު ދާއިރާގެ އިންތިހާބީ މެންބަރު އަމީން ފައިސަލް އަދި ކެޔޮދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ނިއުޝާދު (ނިއުބެ) އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *