Sunday, 26 July 2026
Ads by

ޒުވާނުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި މިއަދު ބޮޑު ބާބަކިއުއެއް!

ޒުވާނުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި މިއަދު ބޮޑު ބާބަކިއުއެއް!

ހުޅުމާލޭ ފުރުތަމަ ފިޔަވަހި--- ފޮޓޯ: އެކި އެމްވީ

ޒުވާނުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި މިއަދު ބޮޑު ބާބަކިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.

Ad Image
Ads by

ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ މި ބާބަކިއު އޮންނާނީ މިއަދު ހަވީރު 17:30 އިން ފެށިގެން މިރޭ 19:00 އާއި ހަމައަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަޙައްދުގައެވެ. މި ބާބަކިއުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް އެ ބޯޑުން ވަނީ ދަޢުވަތުދީފައެވެ.

”ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ“ ގެ ނަމުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޓީއެއް އެކުލަވާލީ 18 ޖަނަވަރީ 2024 ވަނަ އަހަރުއެވެ. 15 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ މައިގަނޑު މަޤުޞަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި މުހިންމު ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދުމެވެ.

ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން މި ބާބަކިއު ބޭއްވުމަށް ނިންމާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނަށް ޚާއްޞަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ދަޢުލަތް ހިންގުމުގެ ނިޒާމާއި ޤާނޫނުއަސާސީއަށް ވަރަށް މުހިންމު އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށާއި، އޭގެތެރެއިން އެންމެ މުހިންމު އިޞްލާޙަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލަ ހޯދައި، އެކަން ހުއްޓުވުމަށް ޤާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ އިޞްލާޙު ކަމަށެވެ. މި އިޞްލާޙާއެކު މަޖިލީހުގައި ތިބޭ ވަކި އިންސައްތައެއްގެ މެންބަރުންނަކީ ޢުމުރުން 30 އަހަރުން ދަށުގެ ޒުވާނުން ކަމަށް ކަނޑައެޅިގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި