Ads by
ޚަބަރު
20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރަށްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 93 މެންބަރުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

Ads by Eki Online

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ކުރިމަތިފުޅުގައި މެންބަރުން ހުވާ ކުރައްވާފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި މަޖިލިހުގައި ސުޕަމެޖޯރިޓީ ހޯދާފައިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިންނެވެ. ޕީއެންސީގެ 76 މެމްބަރުން މި މަޖިލީހުގައި ތިއްބަވާނެއެވެ. އެއީ އެ ޕާޓީގެ ޓިކެޓުގައި ހޮވުނު 66 މެމްބަރުންނާއި އެކު އަލަށް އެޕާޓީއާ ގުޅުނު 10 މެމްބަރުން ހިމެނޭހެންނެވެ.

ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެމްބަރުން، އެމްޑީއޭގެ ދެ މެމްބަރުން އަދި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ ކޮންމެ ޕާޓީއަކުން އަދި އަމިއްލަ ގޮތުން މެންބަރެކެވެ.

އެމްޑީޕީ ފިޔަވައި ދެން ތިއްބެވި ގިނަ މެމްބަރުން ވަނީ ސަރުކާރާ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން ނިންމައިފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އާ މެމްބަރުންނާއެކު ބާއްވާ ފުރަތަމަ ޖަލްސާގައި މެމްބަރުންގެ ސިއްރު ވޯޓަކުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރަންޖެހެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *