Ads by
ޚަބަރު
އެމްޓީސީސީން ހިއްސާއަކަށް 4 ރުފިޔާ ފައިދާގެ ގޮތުގައި ބަހަން ނިންމައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ފައިދާގެ ގޮތުގައި ޙިއްސާއަކަށް 4 ރުފިޔާ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

Ads by Eki Online

އެމްޓީސީސީން ބުނެފައިވަނީ ޙިއްޞާގެ ފައިދާގެ ގޮތުގައި ޖުމްލަ ތިރީސް ދެމިލިއަން އެއްލައްކަ ފަންސާސްހާސް ނުވަސަތޭކަ ނުވަދިހަ ހަ ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމި ނަމަވެސް ހިިއްސާގެ ފައިދާ ބެހޭނީ ހާއްސަގޮތުން ބާއްވާ ހިއްސާދާރުންގެ ބޯޑުން އެގޮތަށް ފާސްކުރުމުންނެވެ. އެބައްދަލުވުން ބޭއްވުމަށް އެމްޓީސީސީން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، 22 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބޭނީ 23 މެއި ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ޙިއްޞާދާރުންނަށް ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *