Ads by
ޚަބަރު
20 ވަނަ މަޖިލީހުގެ އާ މެންބަރުންނަށް އިންޑަކްޝަން ޕްރޮގްރާމެއް ބާއްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރުންނަށް މަޖިލީހުގެ މަސައްކަތްތައް ތައާރަފުކޮށްދިނުމުގެ ގޮތުން އިންޑަކްޝަން ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

Ads by Eki Online

މަޖިލީހުގެ އެކްސް އެކައުންޓުން ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި އޮތް އެ ޕްރޮގްރާމްގެ ފޮޓޯ އަދި ވީޑިއޯ ޕޯސްޓްކޮށްފައެވެ.

20 ވަނަ މަޖިލީހަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީގެ މަޖިލީހެކެވެ. އެ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވާ 79 މެންބަރުން ތިއްބަވާނެއެވެ. އެއީ ޕީއެންސީގެ 75 މެންބަރުންނާއި ސަރުކާރާ ގުޅިފައިވާ އެހެން ޕާޓީތަކުގެ ހަތަރު މެންބަރެކެވެ.

އެ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު އިދިކޮޅު އެމްޑީޕީ ތަމްސީލްކުރައްވާނީ އެންމެ 12 މެންބަރުންނެވެ. އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ 2 މެންބަރަކު ތިއްބެވިއެވެ.

ވެރިކަންކުރާ ޕީއެންސީން މިހާރު ވަނީ އާ މަޖިލީހުގެ އިސް މަގާމުތަކާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕަށް ވަޑައިގަންނަވާ މެންބަރުން ކަނޑައަޅުއްވާފައެވެ.

މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރަން ނިންމީ، ފޮނަދު ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ނައިބު ރައީސަކަށް އިންތިހާބުކުރާނީ ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *