Ads by
ޚަބަރު
ޗައިނާ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހަދިޔާކުރި ފިޔާ “ދަ ކޮމަނާސް”އިން ބަހަން ފަށައިފި

ޗައިނާ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކުރި 44 ޓަނުގެ ފިޔާ ބަހަން ފަށައިފިއެވެ.

Ads by Eki Online

މި ފިޔާ ބެހުމުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ “ދަ ކޮމަނާސް”އެވެ. ހަދިޔާކުރި ފިޔާ ބަހަމުންގެންދަނީ ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދުގައެވެ.

ދަ ކޮމަނާސްގެ ފަރާތުން ބުނީ، ހިޔާ ސަރަޙައްދުގައި ފިޔާ ބެހުމަށް ނިންމީ މި ދުވަސްވަރަކި ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ހިޔާ ޓަވަރުގައި ތަކެތި ބެހެއްޓުމަށް ރަނގަޅު ޖާގައެއް ލިބުމުންކަމަށެވެ. ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ހިޔާ ޓަވަރު 4ގައެވެ.

ދަ ކޮމަނާސްއިން އިތުރަށް ބުނީ ފިޔާ ބަހަނީ ހަމައެކަނި ހިޔާ ޓަވަރުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ނޫންކަމަށާއި، ފިޔާ ބަހަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. ނަމަވެސް ފުރަތަމަ ފިޔާ ބަހާފައިވަނީ އެ ޖަމިއްޔާގައި ނިކަމެތިންގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ 100 އާއިލާއަށްކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މިހާތަނަށް 10 ޓަނަށްވުރެ ގިނަ ފިޔާ 2000 އަށް ވުރެ ގިނަ މީހުންނަށް ބަހާފައިވާކަމަށް ދަ ކޮމަނާސް އިން މައުލޫމާތުދީފައި ވެއެވެ. މި މަސައްކަތުގައި ދަ ކޮމަނާސް އަށް އެޗްޑީސީ އަދި އެސްޓީއޯގެ އެހީ ލިބިފައިވާކަން ފާހަގަކުރިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *