Ads by
ޚަބަރު
48 ކެންޑިޑޭޓުން މާލީ ބަޔާން ހުށައަޅާފައެއް ނުވޭ: އީސީ

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވި 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހަށް 368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އީސީން ބުނެފައިވަނީ ވަގުތު ހަމަވިއިރު 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިނުވާ ކަމަށެވެ. ވަގުތު ހަމަވިއިރު މާލީ ބަޔާން ހުށައެޅީ އިންތިހާބުގައި ވާދަކުރި 320 ކެންޑިޑޭޓުން ކަމަށް އީސީން ހާމަކުރިއެވެ.

އިންތިހާބުތަކާބެހޭ އާއްމު ޤާނޫނުގައިވާ ގޮތުން އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް އިންތިޚާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުންވެސް އިންތިޚާބު ނިމޭތާ 30 ދުވަހުގެ ތެރޭގައި އީސީއަށް ހުށައަޅަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް އެ މުއްދަތު ހަމަވީ މި ދިޔަ ބުދަ ދުވަހުގެ ދަންވަރު 12:00 އަށެވެ.

މާލީ ބަޔާން ހުށަނާޅާފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ ހަތްދިހަ ދެހާސް ރުފިޔާއިން ޖޫރިމަނާކުރުމެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *