Saturday, 24 October 2026
Ads by

ބީއެމްއެލް އިން ތަރައްޤީކުރާ ތިން ކޮޓަރީގެ ފުލެޓްތަކުގެ އަގަކީ 10،000ރ: ޝަރީފް

ބީއެމްއެލް އިން ތަރައްޤީކުރާ ތިން ކޮޓަރީގެ ފުލެޓްތަކުގެ އަގަކީ 10،000ރ: ޝަރީފް

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް--- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭ ސަރަޙައްދުގައި ޢިމާރަތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ އަގަކީ ގާތްގަނޑަކަށް 10،000 ރުފިޔާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބީއެމްއެލްގެ ސީއީއޯ ޝަރީފް މި މޭރުމުން ވިދާޅުވީ ދަޢުލަތުގެ މީޑިއާގެ ޕްރޮގްރާމެއް ކަމަށްވާ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އަގުހެޔޮ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންނަށް ހެޔޮއަގުތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، މަހުން މަހަށް ކުލި ދައްކައިގެން ތަން މިލްކު ކުރެވޭ ގޮތަށް އެ މަޝްރޫޢު ކުރިއަށް ގެންދަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

”މީގެ ތެރޭގައި ކުލި މިހާވަރެކޭ ދަންނަވައި ފައިނަލް ކުރަން ތަންކޮޅެއް އަވަސް، އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10،000 ވަރަކަށް ހިސާބުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި ހަމަޖެހިގެން ދިއުމަކީ އެކަށީގެންވާ ކަމެއް އަޅުގަނޑުމެން މިހާރު ހިސާބުކުރަމުންދާ ވަރަށް ބަލާއިރު،“ – ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާކެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 25،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ އަގުތަކެއް ކަމަށެވެ. އެހެންކަމުން އެ ހައުސިންގ ޔުނިޓްތަކުގެ ކުލި އެހާ ބޮޑަށް ކުޑަވުމަކީ ތަން ލިބޭ ފަރާތްތަކަށް ވަރަށް ބޮޑު ލުޔަކަށްވެގެންދާނެ ކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯރޑަބަލް ހައުސިންގގެ ދަށުން ބީއެމްއެލް އިން މާލޭ ސަރަޙައްދުގައި 3،260 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯރޑަބަލް ހޯމް ލީސިންގ ކޮމްޕެނީން ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއި ޙަވާލުކޮށްގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1،224 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ފަށައިފައެވެ.

މާލޭ ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަޢުލޫމާތު:

  • 1،224 ފުލެޓު – ސީއެމްއީސީ
  • 1،190 ފުލެޓު – ބީޔޫސީޖީ
  • 364 ފުލެޓު – އަމީން ކޮންސްޓްރަކްޝަން
  • 182 ފުލެޓު – އެފްޑަބްލިޔު ކޮންސްޓްރަކްޝަން
  • 300 ފުލެޓު – ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން

މި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ސީއެމްއީސީ އާއި ބީޔޫސީޖީއާ ޙަވާލުކޮށްގެން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކަކީ ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކެކެވެ. އަމީން ކޮންސްޓްރަކްޝަން އާއި އެފްޑަބްލިއު ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކަކީ ހުޅުމާލެ ފުރުތަމަ ފިޔަވަހީގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކެކެވެ. ބާކީ 300 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަޝީދު ކާޕެންޓްރީއާ ޙަވާލުކޮށްގެން ވިލިމާލޭގައެވެ.

މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި