Ads by
ޚަބަރު
އިޒްރޭލާ ދެކޮޅަށް ތެދުވަން ލިބުނު ފުރުސަތު ބޭނުންކުރުމަށް އެމްޑީޕީން ގޮވާލައިފި

އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

Ads by Eki Online

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރަފާހުގައި އިޒްރޭލުން ދެމުން ގެންދާ އަސްކަރީ ހަމަލާތައް ހުއްޓުވައި، ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އައިސީޖޭއިން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިއްޔެ އެ ޕާޓީން ނެރުނު ބަޔާނުގައި ގޮވާލިއެވެ.

އަދި ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުއައްސަސާތަކުން އަމަލުކުރަންޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އަމުރުގައި ބުނެފައިވާ ކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހީވެސް ނުކުރާ ފަދަ އަނިޔާވެރި އަމަލުތައް ދެމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވެފައި އޮންނަތާ ގިނަ ދުވަސްތައް ވެފައިވާ ކަމަށާއި އިޒްރާއީލް ކުށްވެރިކޮށް އަޑުއުފުލައި، އައިސީޖޭގެ ހުކުމް ތަންފީޒު ކުރުމަށް ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އައިސީޖޭއިން އިއްޔެ ނެރުނު އަމުރުގައި ރަފާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރަފާ ބޯޑަރު ހުޅުވާލުމަށް އަމުރުކޮށްފައިވެއެވެ. އެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ދެކުނު އެފްރިކާއިންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލީ ރަށީދު ދެކުނު ތިލަ4 ހަފްތާ ކުރިން

އެމްޑީޕީޔަކީ އިޒުރާއީލުގެ ބައިވެރިޔެއް ޔަހޫދީ ކޮނމެ ގައުމަކީ ލާދީނީ އެމްޑީޕީގެ ބައިވެރިޔެއް މިއަދު ދިވެހިންގެ ލޮލު އަނދުން އަޅުވަން ކީކޭކިޔަން ބާމިއުޅެނީ ޝަހިންދާޔަކާ އެޔާގުޅުނު ބައިގަނޑަކީވެސް އެމްޑީޕީ

0
0
ވ4 ހަފްތާ ކުރިން

މޑޕގެ ދައުރުގާ ދެކޮޅަށް ނުތެދުވީކީވެބާ

0
0