Ads by
ޚަބަރު
ރާއްޖޭގައި އާރޓްސް ސްކޫލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަަނީ

ރާއްޖޭގައި އާރޓްސް ސްކޫލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް, އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އާރޓްސް ސްކޫލެއް އެޅުމަކީ ރައިސް ޑރ. މުޙާއްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ވެސް ހިމެނިފައިވާކަމެކެވެ.

އެގޮތުން އިއްޔަ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އާރޓްސް ސްކޫލެއްގެ ބޭނުން ވަރަށް ބޮޑު ކަމަށާއި، އަދި ރާއްޖޭގައި އާރޓްސް ސްކޫލެއް ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

އެމަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން، ރާއްޖޭގެ އާރޓްސް ކުރިއެރުވުމަށްޓަކައި ރަނގަޅު ފެންވަރުގެ އާރޓްސް ސްކޫލެއް ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރާ އާރޓްސް ސްކޫލެއް އަޅުގަނޑުމެން ރާއްޖޭގައި ގާއިމުކުރާނަން.

– މިނިސްޓަރ އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ވަނީ އާރޓްސް ސްކޫލުގެ އަދި މީޑިއާ ވިލެޖުގެ އިތުރުން އެންޖީއޯ ފޯރަމް އާ ގުޅޭގޮތުން ވެސް ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވާފައެވެ. އެގޮތުން މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާލެވޭއިރު ނޫސްވެރިކަމުގެ މުޅިން އާ މިސްރާބަކަށް ދެވޭނެ ކަމަށާއި، އަދި ޖަމްޢިއްޔާތަކުގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ގއ. ވިލިނގިލީގައި ފަށަން ތައްޔާރުވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *