Ads by
ޚަބަރު
ބީއެމްއެލްގ ޗެއާޕާސަންގެ މަގާމުން ޒަރީރު އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުން ހަސަން ޒަރީރު އިސްތިއުފާ ދެއްވައިފިއެވެ.

Ads by Eki Online

ޒަރީރު އިސްތިއުފާ ދެއްވާފައި މިވަނީ ކޮމިޝަނަރާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނާ އައްޔަން ކުރަން މަޖިލިހުން ރުހުން ދީފައިވާތީއެވެ. ޒަރީރު ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 24 ގައެވެ.

ބީއެމްއެލް އިން ބުނީ، ބީއެމްއެލްގައި ޒަރީރު ދެއްކެވި ހަރުދަނާ ލީޑަޝިޕަށާއި ދެއްވި އަގުހުރި ލަފަޔާއި އިރުޝާދަށް ޝުކުރު ދަންނަވާ ކަމަށާއި ކުރިމަގުގައި ކާމިޔާބަށް އެދޭ ކަމަށެވެ.

ބީއެމްއެލްގެ ހިންގާ ގަވައިދު ބުނާ ގޮތުން ބޭންކުގެ ބޯޑު އެކުލެވިގެން ވަނީ ސަރުކާރުން އައްޔަންކުރާ އަށް މެމްބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެމްބަރުންނާ އެކު ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ބޯޑުގައި ތިއްބެވީ ޖުމްލަ ނުވަ ޑައިރެކްޓަރުން ކަމަށެވެ. އެއީ ސަރުކާރުން އައްޔަން ކުރައްވާ ދެ މެންބަރުންގެ މަގާމު ހުސްވުމާއި ގުޅިގެން ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ.ބޭންކުގެ އަމާޒަކީ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް އަންނަ ޖުލައި މަހު ތެރޭގައި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *