Sunday, 26 July 2026
Ads by

ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިން އަލުން ވަޒީފާއަށް ނުކުމެވޭ ގޮތް ހަދަން ނިންމައިފި

ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިން އަލުން ވަޒީފާއަށް ނުކުމެވޭ ގޮތް ހަދަން ނިންމައިފި

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

މިދިޔަ އަހަރުގެ ފަހު ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރައްވަން އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ބިނާކޮށް ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ މިހާރުން މިހާރަށް ވަޒީފާ އަށް ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އެކަމަށް ޓަކައި، ހާއްސަ ސްކީމެއްގެ ދަށުން ސިއްހީ ދާއިރާ އަށް އަވަސް ރެކްރޫމަންޓް ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާ ހަމަޖައްސައިދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ވަޒީފާ އަށް ނުކުންނަން ބޭނުންވާ ހިދުމަތްތެރިންގެ ތެރެއިން 8 ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރެވޭނެ މީހުންނަށް ވެސް ފުރުސަތު ފަހިކޮށްދީ، މަސައްކަތް ކުރާ ވަގުތަށް ވަކި އުޖޫރައެއް ދިނުމަށް ކަނޑައަޅައި ސިވިލް ސާވިސް ގަވައިދުގައި ހިމެނުމަށް ވެސް ނިންމާފައިވާކަމަށެވެ.

ހެލްތު ސެކްޓާތަކުގައި މިސާލަކަށް 4 ގަޑިއިރަށް މަސައްކަތް ކުރާ ނަމަވެސް އަންނާނެ މީހުން ތިބުމަކީ އެކަށީގެންވާކަމެއް. މިސާލަކަށް ނަރުހުން. އެހެންވީމަ އެކަން އެކުލަވާލައްވައިގެން ހެލްތު މިނިސްޓްރީން އެކަން ކުރިއަތް ގެންދަވާނެ. މިކަމާއި ގުޅޭ ސާވޭއެއް ވެސް ވަނީ ހައްދަވާފައި.

– ނާޒިމް

ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ ފަދަ އިތުރު ދާއިރާތަކުގަައި ވެސް ކުރީގެ ހިދުމަތްތެރިން މަސައްކަތަށް ނެރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ދިރާސާއެއް ކޮށް ”ހަފުތާ 14“ ނިމުމުގެ ކުރިން ކެބިނެޓަށް ހުށަހަޅަން ނިންމާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި