Friday, 19 July 2024
Ads by

އެމްޑީއޭގެ ރައީސް ސިޔާމްގެ ބައްޕާފުޅު ނިޔާވެއްޖެ

އެމްޑީއޭގެ ރައީސް ސިޔާމްގެ ބައްޕާފުޅު ނިޔާވެއްޖެ

ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު މުޙައްމަދު ޤާސިމް އަވަހާރަވެއްޖެއެވެ.

ނ. ކުޑަފަރިއަށް ނިސްބަތްވާ ޤާސިމް އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައި،އުމުރުން 81 އަހަރުގައެވެ.

އަވަހާރަވިއިރު ޤާސިމްއަށް ދިޔައީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޤާސިމް މާލެ ގެނެވުނީ ރަށުގައިހުންނަވަނިކޮށް އާލާސްކަންފުޅަކާ ކުރިމަތިވުމުން ފަރުވާއަށެވެ.

ޤާސިމްވަނީ، ކުޑަފަރީގެ ކަތީބުކަމާއި، ނ. ކުޑަފަރި މަދަރުސާގެ ނާޒިރުކަން ކުރައްވާފައެވެ. އަވަހާރަވިއިރު ޤާސިމްގެ 9 ބޭފުޅުން ތިއްބަވައެވެ. އެންމެ ދޮށީ ސިޔާމްއެވެ.

ސިޔާމްގެ ބައްޕާފުޅުގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 1:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އަދި، އަޞުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު އޮންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
DSC_2970
މުސްތަޤްބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް މިކަންކަމަށް ސަމާލުކަންދީ!
old-hands
ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!
358230_17f4375f-3_
ސިޑްސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރައީސް މާލެ ވަޑައިގެންފި
Ads by
މަގުބޫލު