Saturday, 24 October 2026
Ads by

ކާބޯތަކެތި ގެނައުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނެތް: މިނިސްޓަރު ސަޢީދު

ކާބޯތަކެތި ގެނައުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނެތް: މިނިސްޓަރު ސަޢީދު

މިނިސްޓަރު ސަޢީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރާ ބައެއް މާކެޓުތަކަށް އަސަރުކޮށްފައިވާތީ، އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި، ރާއްޖެއަށް ބޭނުންވާ އެންމެ މުހިންމު އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކި ޤައުމުތަކާއެކު މިކަމުގައި މަޝްވަރާ ކުރެވެމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ރާއްޖެއަށް މުދާ ނުގެންނަ ޤައުމުތަކާއެކުގައިވެސް މިކަމުގައި މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުު އުފެއްދެވި މިނިސްޓަރުންގެ ޚާއްޞަ ކޮމިޓީންވެސް މިކަމާ ގުޅިގެން ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފައެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ޔޫއޭއީ ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައި އޮތް ނަމަވެސް، ރާއްޖެއަށް ހުރިހާ ބާވަތެއްގެ މުދާ ފަސޭހަކަމާއެކު ޗައިނާއިން ގެނެވޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ތައިލެންޑް، ކެމްބޯޑިއާ އަދި މެލޭޝިއާ ފަދަ ޤައުމުތަކާއެކު އޮތް ގުޅުން މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް، މުދާ ގެނެވޭނެ މަގުތައް ހޯދަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ވައިގެ މަގުންނާއި ކަނޑުމަގުން މުދާ ގެނައުމަށް އިތުރު މަގުތަކެއް ހޯދަމުން އަންނަ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި