Wednesday, 9 September 2026
Ads by

ސަރުކާރުގެ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

ސަރުކާރުގެ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

ސަރުކާރުން މާލޭ ސަރަޙައްދުގައި ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހޮޓްލައިން ނަމްބަރު--- ފޮޓޯ: އެމްޓީސީސީ

މާލޭ ސަރަޙައްދުގައި ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތަށް ގުޅޭނެ ހޮޓްލައިން ނަންބަރު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މާލޭ ޓެކްސީގެ ނަމުގައި މާލޭ ސަރަޙައްދުގައި ފަށާ މި ޚިދުމަތަކީ، އާންމު ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ސަރުކާރުން ފަށަން ނިންމާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ މޯބައިލް ފޯނު އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީއަށް އެދެވޭ ގޮތަށެވެ. މި ޚިދުމަތަކީ މެދުކެނޑުމެއްނެތި 24 ގަޑިއިރު ލިބެން ހުންނާނެ ޚިދުމަތެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ޓެކްސީގެ ޚިދުމަތް ފެށުމަށް ބޭނުންކުރާ އުޅަނދުތަކަކީ ރާއްޖޭގެ މާޙައުލާ އެންމެ އެކަށޭނަގޮތަށް ބަދަލުތަކެއް ގެނެސްގެން ބޭނުންކުރާ އުޅަނދުތަކެކެވެ. އެގޮތުން ޓްރާންސްޕޯރޓް މިނިސްޓަރު މުޙައްމަދު އަމީން މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވީ، ޓެކްސީ ޚިދުމަތް ފެށުމަށް ބޭނުންކުރާ އުޅަނދުތަކަށް ރާއްޖޭގެ މާޙައުލާ ގުޅޭ ބަދަލުތައް ގެނެސް މިހާރު ނިމިފައިވާ ކަމަށެވެ.

ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، މޫދާ ކައިރި ސަރަޙައްދުތަކެއްގައި އުޅަނދު ދުއްވަން ޖެހޭ ޤައުމަކަށްވާތީ، އެ އުޅަނދުތަކުގެ އިލެކްޓްރޯނިކް ވަސީލަތްތަކަށް އެކަމާ ގުޅޭ ބަދަލުތައް ގެންނަން ޖެހުނުކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ޓްރާންސްޕޯރޓު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 15 ފެބްރުއަރީ 2025 ވަނަ ދުވަހުއެވެ.

ޓެކްސީ ލައިން ޚިދުމަތް ދޭނީ ތަފާތު ތިން މޮޑެލެއްގެ ކާރު ބޭނުންކޮށްގެންނެވެ. އެ ކާރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް، މިހާރު ކުރަމުން އަންނައިރު، މި ޚިދުމަތް ދިނުމަށް ތައިލެންޑުން ޖުމްލަ 60 ކާރު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ދެން ބާކީ ކާރުތައް ގެންނާނީ ޗައިނާއިންނެވެ. އެ ޤައުމުން ދެ މޮޑެލެއްގެ ކާރު ގެންނާނެއެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުމްލަ 150 ކާރާއެކުގައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި