Wednesday, 9 September 2026
Ads by

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލަން ޗައިނާއިން ގޮވާލައިފި

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލަން ޗައިނާއިން ގޮވާލައިފި

ޔަހޫދީންނާއި، އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނީ ހަމަލާތައް ހުއްޓާލަން ޗައިނާއިން އެމެރިކާ އާއި ޔަހޫދީންނަށް ގޮވާލައިފިއެވެ.

Ad Image
Ads by

ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޖާއީ ޖޫން، ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ކުވެއިތަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއަށް މަޢުލޫމާތު ދެމުން ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭނީ މި ހަނގުރާމަ ފެށި ބަޔަކު ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިޔާން ވިދާޅުވީ، މިފަދަ ޙާލަތްތަކުގައި އަސްކަރީ ބާރުގެ ބޭނުންކުރުމަކީ، ނިމުމެއް ނެތް ކުރިމަތިލުންތަކެއްގެ ތެރެއަށް ވެއްޓިގެންދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ. މިގޮތުން، މި ހަނގުރާމަ އިތުރަށް ދިގުލާނަމަ، މުޅި ސަރަޙައްދަށް މި ކުރިމަތިލުންތައް ފެތުރި، މުޅި މެދުއިރުމަތި ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ 23 އަހަރު ކުރިން އިރާޤަށް އެމެރިކާއިން އިސްވެ އަރައި ފެށި ހަނގުރާމައިގެ ނޭދެވޭ އަސަރުތައް މިއަދުވެސް އިރާޤުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އިރާޤާ ދެކޮޅަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނުގައި ސައްދާމް ޙުސައިންގެ ވެރިކަން ނިމުމަކަށް ގެނެވުނުނަމަވެސް، މުޅި ޤައުމުގެ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި 100،000އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

އެހެންކަމުން ލިން ޖިޔާން ވިދާޅުވީ، އިރާޤަށް ކުރިމަތިވެފައިވާ ޙާލަތުން ފިލާވަޅު ލިބިގަނެ، ޙާލަތު އިތުރަށް ގޯސްވުމުގެ ކުރިން، އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނު ހުއްޓައިލަންޖެހޭ ކަމަށެވެ.

ހުސްވި ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، ތެހްރާނުން ދަނީ އެ ޤައުމުގެ އިސްތިޤުލާލު ދިފާޢުކުރުމަށް ޓަކައި ވަރުގަދަ އަސްކަރީ ރައްދެއް ދެމުންނެވެ.

މި ހަނގުރާމައިގައި ދިފާއީގޮތުން އީރާނުން އެޅި އެންމެ ވަރުގަދަ އަދި ނުރައްކާތެރި އެއް ފިޔަވަޅަކީ ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ޤާއިމުކޮށްފައިވާ އަސްކަރީ ބަންދެވެ. ހުރްމުޒް ހުރަސްކޮށް ދަތުރު ކުރުމަށް ތެހްރާނުން ހުރަސް އަޅަމުން ދަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު މަގު ބަންދުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިކަމުގެ ގެއްލުން މުޅި ދުނިޔެ ދަނީ ތަހައްމަލް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި