Sunday, 26 July 2026
Ads by

‏މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ، ބިލު އޮތީ ފަހުމަރުހަލާގައި: ރައީސް

‏މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ، ބިލު އޮތީ ފަހުމަރުހަލާގައި: ރައީސް

މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ ބިލް އޮތީ ފަހު މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުލު އިންސާފު ޤާއިމުކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މަރުގެ އަދަބު ދިނުމަކީ މިއަދާ ހަމައަށް ވެސް ތަންފީޒުނުވެ އޮތް ކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ހަމައެކަނި ހަދާ އުސޫލަކުން ނޫނީ ގަވައިދަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

”އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމްކުރަން ކުރަންޖެހޭ ކަމެއް. އިސްލާމީ ގައުމެއްގައި، އެ އޮންނަ އުސޫލެއްގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ހިފެހެއްޓުމަކީ ދައުލަތަކަށް ވެސް އޮތް ޗޮއިސެއް ކަމަށް ގަބޫލެއް ނުކުރަން. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއީކީ ހިފެހެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރަން“ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލް ތައްޔާރުކުރުން މިހާރު އޮތީ އޭގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. އެ މަސައްކަތް ނިންމައި، ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލް ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކޮށް ތަސްދީގުކުރުމުން، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އެންމެންގެ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި