Ads by
ޚަބަރު
މިދިޔަ ހަފްތާގައި އެކަނި ވެސް ޑެންގީގެ 68 ކޭސް

މިދިޔަ ހަފްތާގައި އެކަނި ވެސް ޑެންގީގެ 68 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by Eki Online

އެޗްޕީއޭ އިން ބުނީ މި މަހުގެ 5 އިން 11 ގެ ނިޔަލަށް ޑެންގީގެ 68 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި މިއަހަރުގެ މިހާތަނަށް 774 ޑެންގީ ހުމުގެ ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ވަކިވަކި އަތޮޅުތަކާއި ސިޓީތަކަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހުޅުމާލެ އިންނެވެ. އެއީ 192 ކޭސްއެވެ. މާލެ އިން 88 ކޭސް ރިޕޯޓްކޮށްފައިވާއިރު ކ. އަތޮޅުން 66 ކޭސް، ހދ. އަތޮޅުން 32 ކޭސް އަދި އައްޑޫ ސިޓީން 30 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

ޑެންގީ ޖެހިގެން މިހާރު އެޑްމިޓްކޮށް ފަރުވާ ދޭ މީހުންގެ ތެރޭގައި ތުއްތު ކުދިންތަކެއް ވެސް ހިމެނެއެވެ.

އެޗްޕީއޭ އިން ބުނީ ޗިކުންގުންޔާ ވެސް މިދިޔަ މަހުން ފެށިގެން ފެތުރެމުންދާ އިރު، މިދިޔަ ހަފްތާގައި އެކަނި ޗިކުންގުންޔާގެ 104 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓްކޮށްފައިވަނީ މާލެ އިންނެވެ. އެގޮތުން މާލެ އިން 309 ކޭސް އަދި ހުޅުމާލެ އިން 66 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

ޑެންގީ އާއި ޗިކުންގުންޔާ އަކީ ވެސް މަދިރީގެ ޒަރީރާ އިން ޖެހޭ ބަލިތަކަށްވާތީ މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކޮށް، އިރުޝާދުތައް ދެމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *