Sunday, 26 July 2026
Ads by

ތެލުގެ އަގު ބޮޑު ކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު ޒަމީރު

ތެލުގެ އަގު ބޮޑު ކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު ޒަމީރު

މިނިސްޓަރު ޒަމީރު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޔަހޫދީ ދަޢުލަތާއި އެމެރިކާ އިސްވެ އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ހުރްމުޒް ކަނޑު އޮޅި ބަންދުކުރުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ތެލުގެ އަގަށް އިތުރު އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޒަމީރު މި މޭރުމުން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދާފައިވާ މިނިސްޓަރުންގެ ޙާއްޞަ ކޮމެޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާކަމީ އެންމެންވެސް ދަންނަ ޙަޤީޤަތެއް ކަމަށާއި ނަމަވެސް، ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

ބައެއް ދާއިރާތަކަށާއި، އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ބަލައި، އެ ދާއިރާތަކުން ތެލުގެ އަގު ބޮޑުނުކޮށް ސަބްސިޑައިޒްކޮށްގެން ވިއްކަމުން ގެންދާ ކަމަށާއި، އޭގެ ތެރޭގައި، މަސްވެރިންނާއި، މާލޭގައި ޕެޓްރޯލް ޕަމްޕުން ތެޔޮ ގަންނަ ފަރާތްތައް ހިމެނޭ ކަމަށް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް ރާއްޖޭގައި އެބަހުރި ކަން ފާހަގަކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ތެލުގެ ޝިޕްމަންޓްތައް ގެނައުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ފަހުން ރާއްޖެއަށް ގެނައި ތެލުގެ ޝިޕްމަންޓަށް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވައިފައެވެ. އަދި އަންނަ އޭޕްރީލް މަހުގެ ތެރޭގައިވެސް ތެލުގެ އިތުރު ޝިޕްމަންޓްތަކެއް ރާއްޖެއަށް އަންނާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ޒަމީރު ވަނީ ދެއްވައިފައެވެ.

”އޭޕްރިލް ދޭއް ނުވަތަ ތނެއް ހިސާބުގައި އަަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ އުޅަނދެއް، އޭގައިވެސް ޑީސަލް އާއި ޕެޓެރޯލް ހުންނާނެ، އަދި އޭޕްރިލް ހަތަރެއް ނޫނީ ފަހެއް ހިސާބުގައި އޮމާންގެ ސޮހާރުން ބަރުކޮށްގެން އަންނަ، އަޅުގަނޑުމެންގެ ސްޕޮޓުން ހަޔާކޮށްގެން އަންނަ ވެސަލް އެބަ އާދޭ، އެހެންވީމަ ދުވަހުން ދުވަހަށް ބޭނުންވާނެ ތެޔޮ އިރާދަކުރެއްވިއްްޔާ އެބަހުރި،“ – މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ތެލުގެ ބާޒާރަށް އައި ލޮޅުންތަކާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ކުރިން 13.50 ރުފިޔާއަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.01 ރުފިޔާއެވެ. މިއީ ލީޓަރަކުން 2.51 ރުފިޔާ ނުވަތަ ގާތްގަނޑަކަށް 18.6 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެހެންމެ، ކުރިން 13.92 ރުފިޔާއަށް ވިއްކި ޑީސަލް ލީޓަރެއް އަގު މިހާރު ވަނީ 17.54 ރުފިޔާއަށް އުފުލިފައެވެ. މިއީ ލީޓަރަކުން 3.62 ރުފިޔާ ނުވަތަ ގާތްގަނޑަކަށް 26 އިންސައްތައިގެ އިތުރުވުމެކެވެ.

ޙާލަތު މިހެން އޮތް ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގުތަކާ އަޅައިބަލާއިރު ރާއްޖެއިން މިހާރުވެސް ތެޔޮ ވިއްކަނީ ހެޔޮ އަގުތަކެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި