Ads by
ޚަބަރު
ރައީސް މުޢިއްޒުގެ ވަޢުދުފުޅުތަކަކީ ހަމަ އެކަނި ވޯޓު ހޯއްދެވުމަށް ދައްކަވާ ހުސް ވާހަކަތަކެއްނޫން : މުޙައްމަދު އިސްމާޢީލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާ ވަޢުދުތައް ވެވަޑައިގަންނަވަނީ ހަމައެކަނި ރައްޔިތުންގެ ވޯޓް ހޯއްދަވަން ދައްކަވާ ހުސް ވާހަކަ ނޫންކަން އެނގެމުންދާކަމަށް މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

މަޖިލީހުގެ ކެންޕެއިން ދުވަސްވަރު ދ. މީދޫ އަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކައިގެ ވީޑިއޯއެއް އެކްސްގައި ހިއްސާ ކުރައްވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވެފައި ވަނީ މިކަމުންވެސް އެނގިގެން ދިޔައީ ރައީސް ޑރ. މުޢިއްޒު އިންތިޚާބު ތަކުގެ ކެންޕެއިން ގަޔާއި އެނޫންވެސް ތަންތަނުގައި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުފުޅުތަކަކީ ހަމަ އެކަނި ވޯޓު ހޯއްދެވުމަށް ދައްކަވާ ހުސް ވާހަކަ ނޫންކަން ކަމަށެވެ.

އެހެނެއް ކަމަކު އެއީ، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގައި އެހީވުމަށްޓަކައި، އެ ރައްޔިތުންނަށް ތަސައްލީއެއް ދެއްވުމަށް އިޚްލާސްތެރިކަމާއިއެކު ވެ ވަޑައިގަންނަވާ ވައުދެއް ކަމަށްވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. އަދި އިންތިޚާބު ނިމުމާއެކު މިހާރު އެ މަސައްކަތް ފަށްޓަވާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މާރިޗު 6 ވަނަ ދުވަހު މީދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ވިދާޅުވީ,ސަރުކާރު ހުރިހާ ސުކޫލެއް އޭސީ ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށް މަގުފަހިކޮށްދިނުމަށް ސުކޫލްތަކުގައި އިއާދަކުރުވަނިވި ހަކަތައިގެ ޕްރޮޖެކްޓް ތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ވައުދުފުޅާއި އެއްގޮތަށް، ކުރިއަށް މިއޮތް 2 އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ހަމަޖެހިފައިވާކަމަށް ތައުލީމާ ބެހޭ ވަޒީރު މި ހަފްތާ ތެރޭ ވަނީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *