Ads by
ޚަބަރު
ކުރިޔަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިޔަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ, މެޓް އޮފީހުން ބުނެފިއެެވެ.

Ads by Eki Online

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި އެހެންކަމުން މާދަމާ އިން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ގެއްލުންތައް ކުޑަކުރަން ރައްކާތެރިކަން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *