Ads by
ޚަބަރު
ޑޮމެސްޓިކް ޓާމިނަލަށާއި، އިތުރުވާ ލަގެޖަށް ފައިސާ ނަގާގޮތަށް ހަމަޖައްސައިފި
ފޮޓޯ: މީސް މީޑިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު 10 ރުފިޔާ ނެގޭ ގޮތަށާއި، ތިން ލަގެޖަށް ވުރެ އިތުރަށް ޓެކްސީއަކަށް އަރުވާ ނަމަ އިތުރަށް ފައިސާ ނެގޭ ގޮތަށް ހަދައިފިއެވެ.

Ads by Eki Online

ޓްރާންސްޕޯޓް މިނިސްޓްރީއިން، މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލުގެނެސް، އަގުތައް ކަނޑައަޅައި މިއަދު ވަނީ އާއްމުކޮށްފައެވެ.

މި އިއުލާނުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، ޑޮމެސްޓިކް ޓާމިނަލްއަށް ކުރެވޭ ދަތުރުތަކުން، އެއަޕޯޓް އަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 15 ރުފިޔާ ޗާޖް ކުރެވޭނެ ކަމަށެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން 3 ލަގެޖް އަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށެވެ.

މިނިސްޓްރީއިން ވަނީ މާލެ ސަރަހައްދުގައި 6 ފަސެންޖަރުން ނުވަތަ އެއަށްވުރެ ގިނަ ފަސެންޖަރު އަރުވައިގެން ޓެކްސީ ކުރެވޭނެ އަގުތައް ކަނޑައަޅާ ގެޒެޓުގައި އާއްމުކޮށްފައެވެ.

ޓެކްސީގެ އަގުތަކަށް މި ބަދަލުތައް މިނިސްޓްރީއިން ގެނެސްފައިވަނީ، ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން، އެކި ޓެކްސީއިން އެކި އަގުތައް ދަތުރުތަކަށް ނަގަމުންދާތީ ގިނަ ފަރާތްތަކަކުން ވަނީ އެ ކަންބޮޑުވުން ސޯޝިއަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *