Ads by
ޚަބަރު
މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް އިތުރު ފުރުސަތެއް

މާލޭ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްފިއެވެ.

Ads by Eki Online

އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ”އެކްސް” އެކައުންޓުންގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާދަމާ އިން ފެށިން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް މާލޭ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ދަރިވަރުން ވެއްދުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރުމުގެ ފޯމު ހުށަހެޅުމުގެ މިނިސްޓްރީން ހުޅުވާލާފައިވަނީ ސަރުކާރު ސުކޫލެއްގެ ފައުންޑޭޝަން ސްޓޭޖްގެ ކުލާހަށް ވައްދަން ބޭނުންވާ ދަރިވަރުންނަށާއި، ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން އަދި ޕްރައިވެޓް ސުކޫލަކުން ސަރުކާރު ސުކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންގެ އިތުރުން ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސުކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށެވެ.

މާލެ ސަރަހައްދުތަކުގެ ސުކޫލުތަކަށް އަލަށް ގްރޭޑު އެކަކަށް ދަރިވަރުން ވެއްދުމަށް އެދި އެކަނިވެސް 2000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *