Ads by
ޚަބަރު
ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގަމުންދާ ހުރިހާ ސުކޫލެއް އޭސީ ކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުން ހިންގަމުންދާ ހުރިހާ ސްކޫލެއް އޭސީ ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިނިސްޓަރ މިހެން ވިދާޅުވީ، މި ފެށޭ ދިރާސީ އަހަރާއެކު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ނިންމާ، އެ މައުލޫމާތު ހިއްސާކުރުމަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މިނިސްޓަރ ޝަފީއު ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ ހުރިހާ ސްކޫލްތަކެއް އޭސީ ކުރުމުގެ މަސައްކަތް މި މަހުގެ ފަހު ހަފްތާގައި ފެށިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ކޮމިއުނިޓީ އެހީތެރިކަމާއެކުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފެށުން. އިރާދަކުރެއްވިއްޔާ، 2 އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކޮށް ނިންމާނަން. ރައީސްގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނަން،

– މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝަފީޢު ވިދާޅުވީ އަންނަ ދިރާސީ އަހަރާއިއެކު ފަށާ މަޝްރޫއުތަކުން ދެން އެންމެ އިސްކަމެއް ދޭނީ މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުންކަމަށެވެ. އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *