Sunday, 26 July 2026
Ads by

ސިނަމާލެ/މާލެހިޔާ ފުލެޓުތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި

ސިނަމާލެ/މާލެހިޔާ ފުލެޓުތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި

ސިނަމާލެ އަދި މާލެހިޔާ ފުލެޓްތައް--- ފޮޓޯ: ސަން

ސިނަމާލެ އަދި މާލެހިޔާ ފުލެޓުތަކާއި ލިފްޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ރޭ އިޢުލާންކޮށްފިއެވެ.

Ad Image
Ads by

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ މި އިޢުލާނުގައި ބުނެފައިވަނީ، ސިނަމާލެ އަދި މާލެހިޔާގެ ފުލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ބޭނުންވާ ކަމަށާއި މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މަޢުލޫމާތު ސާފުކުރުމަށްފަހު، އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު މަސައްކަތުގެ އަގު ހުށަހަޅަންޖެހޭނެ ކަމަށެވެ.

ހަމައެހެންމެ އެ ފުލެޓުތަކުގެ ލިފްޓުތައް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތްތަކުންވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލުންވަނީ ހުޅުވާލައިފައެވެ. މާލޭ ސިޓީ ކައުންސިލުގެ އިޢުލާނުގައިވާ ގޮތުން ލިފްޓުތައް މަރާމާތުކޮށް ސަރވިސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ވެސް އަންނަ ބުރާސްފަތި ދުވަހު މަޢުލޫމާތު ސާފުކުރުމަށްފަހު، އަންނަ މަހުގެ ފަސްވަނަ ދުވަހު މަސައްކަތުގެ އަގު ހުށަހަޅަންޖެހޭނެއެވެ.

ސިނަމާލެ އަދި މާލެހިޔާ ފުލެޓުތަކާއި އެ ފުލެޓްތަކުގެ ލިފްޓުތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން އިޢުލާންކޮށްފައިވީ ނަމަވެސް، މީގެ ކުރިން މާލޭ ސިޓީގެ މޭޔަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި ދުވަސްވަރު ވަނީ އެ ޢިމާރާތްތައް ތަޅައިލުމަށްފަހު، އެ ސަރަޙައްދުގައި އައު ޢިމާރާތްތަކެއް ތަރައްޤީކުރުމަށް ނިންމަވައިފައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ވަނީ ފެށޭ ގޮތް ނުވެފައެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ، ސިނަމާލެ އަދި މާލެހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ދައްކަންޖެހި ނަމަވެސް ނުދެއްކި ހުރި ޖޫރިމަނާތައް ވެސް މަޢާފުކޮށްދެއްވައި އެ ފުލެޓްތަކުގެ ވެރިންނަށް ޚާއްޞަ އެލަވަންސެއް ދެއްވުމަށް ވެސް ނިންމަވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި