Saturday, 24 October 2026
Ads by

އެކި މީހުން ދިރިއުޅުން ތަޖުރިބާކުރާ ގޮތް ތަފާތު، އެއީ ނިކަމެތިކަމެއް ނޫން: މެޑަމް ސާޖިދާ

އެކި މީހުން ދިރިއުޅުން ތަޖުރިބާކުރާ ގޮތް ތަފާތު، އެއީ ނިކަމެތިކަމެއް ނޫން: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު---

އެކި މީހުންނަށް ދިރިއުޅުމުގައި ތަޖުރިބާކުރަންޖެހޭނީ އެކި ކަންކަން ކަމަށާއި އެއީ ނިކަމެތިކަމެއް ނޫން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ، ޑައުންސިންޑްރޯމް ދުވަހާއި ގުޅިގެން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާ ޙިއްޞާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކޮންމެ މީހަކުވެސް ދިރިއުޅުން ތަޖުރިބާކުރާ ގޮތް ތަފާތު ކަމަށެވެ. ނަމަވެސް އެއީ ނިކަމެތިކަމެއް ނޫން ކަމަށާއި އެއީ މި ދުނިޔޭގެ ރީތިކަމާއި ފުރިހަމަކަން އިތުރުކޮށްދޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޢާންމު ގޮތެއްގައި ޑަައުންސިންޑްރޯމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ ތެރެއިން ބާކީވުމާއި އެކަނިވެރިކަމުގެ އިހުސާސްތަކާ ކުރިމަތިލާންޖެހޭ ބައެއްކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އެ ފަރާތްތަކަކީ އެފަދަ ހުރިހާ ގޮންޖެހުންތަކާ އެކުގައިވެސް ލޯތްބާއި، އޯގާތެރިކަމާއި، އަދި ކަންކަމުގައި ސާބިތުކަން ދައްކުވައިދޭ ނަމޫނާ ބައެއް ކަމަށެވެ.

ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރަމުންދާއިރު، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ބަލައިގަންނަ، އަގުވަޒަންކުރެވޭ އަދި އެކުވެރިކަމާއެކު އުޅުމުގެ ޖާގަ ލިބިފައިވާ ބަޔަކަށް ހެދުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ، އެއްވެސް މީހަކީ ބާކީވެފައިވާ މީހެއް ކަމުގެ އިހުސާސް ނުކުރެވޭނެ ފަދަ މާޙައުލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން، މުޖުތަމަޢުގައި އެކުވެ އުޅުމުގެ ފުރުޞަތު ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށް މެޑަމް ސާޖިދާ ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި