Wednesday, 9 September 2026
Ads by

ޢުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު މައްކާގައި ނިޔާވެއްޖެ

ޢުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު މައްކާގައި ނިޔާވެއްޖެ

ދިވެހި ޢުމްރާވެރިންތަކެއް--- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން

ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

Ad Image
Ads by

ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ މ. ވެލިވަނި އިބްރާހިމް ރަަޝީދެވެ. އޭނާ ނިޔާވެފައި ވަނީ ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ރޭގެ ވަޤުތެއްގައި މައްކާގައެވެ. އޭނާ ޢުމްރާގެ އަޅުކަމަށް ގޮސްއުޅެނީ، ކޮން ޢުމްރާ ގުރޫޕެއްގެ ޙަވާލުގައި ކަމެއް އަދި ސާފެއް ނުވެއެވެ.

އިބްރާހިމް ރަޝީދުގެ ޖަނާޒާ ރޭ ފަތިހު ނަމާދަށްފަހު މަސްޖިދުލް ހަރާމްގައި ވަނީ ބާއްވައިފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މީގެ ހަފްތާއެއްހައި ދުވަސްކުރިން ވެސް ދިވެހި ޢުމްރާވެރިއަކު މައްކާގައި ވަނީ ނިޔާވެފައެވެ. އެއީ ހިޖާޒް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޙަވާލުގައި ޢުމްރާގެ އަޅުކަމަށް ގޮސް އުޅުނު ގދ. ނަޑެއްލާއަށް ނިސްބަތްވާ ޢަލީ އިބްރާހީމް ދީދީއެވެ. އޭނާގެ ޖަނާޒާ ވެސް ވަނީ މަސްޖިދުލް ހަރާމްގައި ބާއްވައިފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 2،000 އަށްވުރެ ގިނަ ފަރާތްތަކުން މި އަހަރު ސަޢޫދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި