Ads by
ޚަބަރު
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް “ހޯޕް އައިލެންޑް” އެއް ގާއިމްކުރަނީ
ފޮޓޯ: ހޯމް މިނިސްޓްރީ

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް “ހޯޕް އައިލެންޑް” އެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އިޙްސާން ވިދާޅުވީ ދިވެހިރާއްޖޭގައި ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ކުޑަކުދިންނަކީ މުޖުތަމަޢަށް ފައިދާ ކުރަނިވި ބަޔަކަށް ހެދުމުގެ ގޮތުން އެކުދިން ރިހެބިލިޓޭޓް ކުރުމަށް ހޯޕް އައިލެންޑް ގެ ނަމުގައި ޚާއްސަ ރަށެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން، ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އުމުރުފުރާ ތިރިކުރުމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަން ހިންގުމުގެ ގާނޫނީ ބާރު އަޅުގަނޑުމެންނަށް އެބަ ލިބިގެންދޭ.

– މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

އޭގެ އިތުރުން “ހޯޕް އައިލެންޑް” އަކަށް ކުދިން ގެންގޮސް ރިހިބިލިޓޭޓް ކުރުމަކީ ކުޑަކުދިން ޖަލަށްލުމަށް ކުރެވޭ ކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްގެ މަޤްސަދަކީ ކުށުގެ ވެއްޓަށް ހުށައެޅޭ ކުޑަކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ އެކުދިން ކުށުގެ ވެށްޓާއި ދުރު ކުރުވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ރަށުގައި ދީނީ ތައުމީމުގެ އިތުރުން ކުޅިވަރުތަކާއި އެހެނިހެން ހުނަރުތައް ދަސްކޮށްދީ އެކުދިންނަކީ މުޖުތަމަޢަށް ބޭނުންތެރި ކުދިންތަކަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *