Monday, 18 May 2026
Ads by

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސް ޑރ. މުޢިއްޒު ތަޞްދީޤު ކުރައްވައިފި

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސް ޑރ. މުޢިއްޒު ތަޞްދީޤު ކުރައްވައިފި

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

Ad Image
Ads by

މިބިލަކީ، 2023 ޑިސެންބަރު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މި ބިލުގައި ޤާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ކުރިއަރުވައި އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ.

އަދި ހަމައެހެންމެ، އެ ޙައްޤު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް މިބިލުގައި ހިމަނާފައި ވެއެވެ. އަދި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގައާއި، ޤާނޫނާ ޚިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާރ އޮފް ޔޫނިއަންސްއެވެ.

މި ބިލު ޤާނުނަކަށްވެ އޭގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކުރިން އެހެން ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހެއެވެ.

އަދި މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ ”ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު“ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ހަމަ މި މުއްދަތުގެ ތެރޭގައި ”އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން“ގެ ވަކި ޑިވިޜަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2011/R-12 (ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތްކުރުމުގެ ގަވާއިދު) އުވުނީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot
ހޮރްމޫޒް ކަނޑުއޮޅި ޓުވިޓާއަށް: ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން އައު އިދާރާއެއް ޤާއިމުކޮށްފި
Boduthakuru
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
breaking
މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، މެރިން ޕޮލިހުން ދަނީ ހަރަކާތްތެރިވަމުން
Mahibadhoo council members
މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވި، ކައުންސިލްގެ ހިންގުން ހުއްޓުމަކަށް
Ads by
މަގުބޫލު
easha
ވަޒީފާއިން ވަކިކުރުމުން ބަދަލުހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް ބުނާ އީޝާގެ އޯޑިއޯއެއް ލީކުވެއްޖެ
PO
ޢީދު ޗުއްޓީއަށް މެއި 24 އަދި 25 ވެސް ސަރުކާރު ބަންދު
dhogu
ކޯޓު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑުމުން، އަދަދުގެ ޝަހުޒާން އަދި ލީވާން ޖަލަށް!
anni mdp
ނަޝީދު އިސްވެހުރެ އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ފުލުހެއްގެ ލޯމަތި ފަޅާލައިފި
easha
ވަޒީފާއިން ވަކިކުރުމުން ބަދަލުހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް ބުނާ އީޝާގެ އޯޑިއޯއެއް ލީކުވެއްޖެ
PO
ޢީދު ޗުއްޓީއަށް މެއި 24 އަދި 25 ވެސް ސަރުކާރު ބަންދު
dhogu
ކޯޓު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑުމުން، އަދަދުގެ ޝަހުޒާން އަދި ލީވާން ޖަލަށް!
anni mdp
ނަޝީދު އިސްވެހުރެ އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ފުލުހެއްގެ ލޯމަތި ފަޅާލައިފި