Ads by
ޚަބަރު
މާ ލަސްތަކެއް ނުވެ ޑޮމެއިން ނަންބަރު ދޫކުރަން ފަށާނަން: މިނިސްޓަރ އަމީން

ބީލަމުގެ އުސޫލުން ޑޮމެއިން ވިއްކަން މާ ލަސްތަކެއް ނުވެ ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެ އަމީން ރޭ ވިދާޅުވީ ލަސްތަކެއް ނުވެ ޑޮމެއިން ނަންބަރު ދޫކުރަން ފަށާނެކަމަށެވެ.

ޑޮމެއިން ވިއްކުމާ ގުޅޭ ވަރަށް ރަނގަޅު ޕްލޭނެއް ސަރުކާރުން ހަދާފައިވާ ކަަމަށާއި ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޕްލޭން އިއުލާން ކުރައްވާ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބައެއް ބޭރު ގައުމުތަކުގައި ޑޮމެއިން ނަންބަރުތައް ވިއްކަމުން ދަނީ ވަރަށް އަގުބޮޑުކޮށް. މިނިސްޓްރީގެ ވެސް ވިސްނުން މި ވަގުތު ހުރީ އެ ގޮތަށް. އަދި އެއީ ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތެއް.

– މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޑޮމެއިން ނަންބަރުތަކުގެ ވެރި ފަރާތްތަކުގެ ޑޮކިއުމެންޓުތައް ވެރިފައިކޮށް، ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށާއި ހުއްޓާލާފައި އޮތް ޑޮމެއިން ދޫކުރުން ކުރިޔަށް އޮތް ސާޅީހަކަށް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް 1400 އެއްހާ ޑޮމެއިން ނަންބަރުތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ނަންބަރުތަކަކީ ގަވާއިދާއި ހިލާފަށް ބޭނުންކުރަމުންދާ ނަންބަރުތައް ކަމަށާއި މި ނަންބަރުތައް ގާނޫނީ އިމުގެ ތެރެއަށް ވައްދަން ފުރުސަތު ދޭނެ ކަމަށް ވަޒީރު ވަނީ “އަހާ ފޯރަމް”ގައި ވިދާޅުވެފައެވެ. އަދި ޑޮމެއިން ނަންބަރު ދޫކުރުން ހުއްޓިފައި އޮތީ ކީއްވެތޯ “އަހާ ފޯރަމް” ގައި ސުވާލު ކުރުމުން މިނިސްޓަރ އަމީން ވިދާޅުވީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތް އެދިވަޑައިގަތުމަށް އެކަން މިވަގުތަށް ހުއްޓާލާފައިވާކަމަށެވެ.

އެގޮތުން މިކަން ހުއްޓެވުމަށް އެންގެވީ ގާނޫނުން ލާޒިމްކުރާ އުސޫލުން ބޭރުން އެތައް ޑޮމައިންތަކެއް ގެންގުޅުމުންނާއި ފޭކް ގޮތުގައި ޑޮމެއިން ނަންބަރު އަމިއްލައަށް ޖަހައިގެން އުޅުމުގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުން ގޯސްތަކެއް ހެދިފައި ހުރި ކަމަށާއި އެއީ ޑޮމެއިން ގެންގުޅޭ މީހުންގެ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ ވުޒާރާގެ ތެރެއިން ބަޔަކު ގަވާއިދާ ހިލާފަށް ޑޮމެއިން ނަންބަރު ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ކަންނެލި ބޯ1 މަސް ކުރިން

މާލޭ ރަށް ވެހިންގެ ގޯތި ގެދޮރު ގެ ކުލި ކުޑަ ކުރާނެ ކަމެއްނެތް..ރާއްޖެ ބަނޑަށް ޖެހިދާނެތީ.. ރައްޔިތުން މަޖިލިސް މެންބަރުންގެ މުސާ ކުޑަ ކުރާނަ ކަމެއް ނެއް.. ބިގޭ މެން ބަނޑަށް ޖެހިދާނެތީ ޑޮމެއިން ނަންބަރުތައް ވެސް ޑުރަގް ޑީލަރުންނަށާ މާލޭގެ ބޮޑެތި ވަޒީރު ބޭފުޅުންނަށް .. ދެން ތިބި ރައްޔިތުން ވީ މަންޒަރު ބަލާފަ އަތްތިލަ ބަޑި ޖަހަން ތިބެން ..؟ ތީ އިންސާފް ތޯ ؟؟؟؟

0
0