Ads by
ޚަބަރު
12 އޮޕަރޭޝަނެއްގައި މިއަހަރު މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 12 އޮޕަރޭޝަނެއް ފުލުހުންގެ ޚިދުމަތުން ހިންގާފައިވާ ކަމަށާއި އަދި މި އޮޕަރޭޝަންތަކުގައި 19 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުންގެ މުވައްސަސާއިން ބުނެފިއެވެ.

Ads by Eki Online

މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޚިދުމަތުގެ އިންވެސްޓިގޭޝަން ހެޑް އަހްމަދު ނާފިޒު ވިދާޅުވީ އެތަކެތީގެ މަގުމަތީ އަގަކީ 104 މިލިއަން ރުފިޔާކަމަށް ފުލުހުން ލަފާކުރެވޭ ކަމުގައެވެ.

ނިމިދިޔަ އޭޕްރީލު މަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި 70 މީހުން ހައްޔަރުކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް 260 މީހަކު މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާކަމަށް ނާފިޒު ވިދާޅުވިއެވެ.

ނާފިޒު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ތުހުމަތުތަކުގައި ފުލުހުން 812 މީހަކު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމްލަ 16 ބިދޭސީން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

އަދި މި އަހަރުގެ މިހާތަނަށް ފުލުހުން ތަހުގީގުކުރުމަށްފަހު ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މަސްތުވާތަކަތީގެ 95 މައްސަލައެއް ފޮނުވާފައިވާކަން ނާފިޒު ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *