Ads by
ޚަބަރު
ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރު ވަސީލަތްތަކާއެކު ތަރައްގީ ކުރަނީ
ފޮޓޯ: މީސް މީޑިއާ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި އޮންނަ ކުޑަގިރި, މިހާރަށްވުރެ ފުރިހަމަ ވަސީލަތްތަކާއި އެކު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ އެ ކޯޕަރޭޝަނުން މިހާރު އަންނަނީ ކުޑަގިރި ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ވަރަށް އަވަހަށް ރައްޔިތުންނަށް ވަރަށް ފުރިހަމަ ހިދުމަތްތަކާއި އެކުގައި ކުޑަގިރި ލިބިގެން ދާނެ ކަމަށްވެސް ފަޒުލްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރި ކުޑަގިރި ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.

މިހާރުގެ ސަރުކާރުން އަންނަނީ ކުޑަގިރިއަށް ހިދުމަތްތައް އިތުރުކޮށް ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން މިހާރަށްވުރެ ފުރިހަމައަށް ކުޑަގިރި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *