Ads by
ޚަބަރު
ހުރިހާ މަރުހަލާއެއްގައި ވެސް އެންމެ ގާތް ގައުމަކީ އިންޑިއާ: ޒަމީރު
އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލު ކުރައްވަނީ - ފޮޓޯ:ފޮރިން މިނިސްޓްރީ

ހުރިހާ މަރުހަލާއެއްގައި ވެސް ރާއްޖެ އާ އެންމެ ގާތް ގައުމަކީ އިންޑިއާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް އޮފީހުގަައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބަލާއިރު އިންޑިއާއަކީ ރާއްޖޭގެ މިނިވަން ކަމަށާއި ތަރައްގީއަށް ޓަކައި ވަަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ގައުމެއް ކަމަށެވެ.

ރާއްޖެ އެންމެ ފަގީރު ނުވަތަ ލީސްޓް ޑިވެލޮޕްޑް ނޭޝަންއެއްގެ ގޮތުގައި އޮތުމަށްފަހު ޑިވެލޮޕިން ނޭޝަންއެއްގެ ސްޓޭޓަސްއަށް މިހާރު އާދެވިފައިވާކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވެފައި ވަނީ ދަތުރުގެ ހުރިހާ މަރުހަލާއެއްގައި ރާއްޖެ އާ އެންމެ ގާތުން، އެހާ ގިނަ ދުވަސް ވަންދެން އެހީތެރިވަމުން އައި ގައުމަކީ އިންޑިއާ ކަމަށެވެ.

ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ގެންދިޔަ މިއީ ފުރަތަމަ ފަހަރު ނޫން ކަަމަށާއި މިއީ އެކަން ކުރާ ދެވަނަ ފަހަރު ކަމަށް ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ގޮސްފައި ވަނީ ތަމަޅަ ހަނގުރާމަވެރިން ރާއްޖެއަށް ދިން ހަމަލާތަކުގައި އެހީތެރިކަން ފޯރުކޮށްދޭން އައި އެ ގައުމުގެ ސިފައިން ކަމުގައެވެ. އެއީ މި ގައުމުގައި ތިބި ސިފައިން ދިޔަ ފުރަތަމަ ފަހަރު ކަމަށާއި ދެވަނަ ފަހަރަށް ސިފައިން އަނބުރާ އިންޑިއާއަށް ދިޔައީ މި މަހުގެ ނުވަވަނަ ދުވަހު ކަމުގައެވެ.

އިންޑިއާއަށް ކުރެއްވި ދަތުރާ ގުޅޭގޮތުން ޒަމީރު ވަނީ އިންތިހާބުގެ ކަންކަން ފޯރި އާއެކު އެ ގައުމުގައި ކުރިއަށް ދިޔަ ކަމުގައި ވީނަމަވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެކު ދިއްލީގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުނުކަން ފާހަގަކުރައްވާފައެވެ. އިންޑިއާ އާއެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ގުޅުން ހީނަރުވާނެ ގޮތަކަށް މި ސަރުކާރުގެ ޕޮލިސީތައް ބައްޓަން ނުކުރާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ކޮރަކަލި1 މަސް ކުރިން

ކޭތާށައް ރަގަޅަށްވެސް ގުއިެވިއްޖެއެއް ނޫންތޯ

0
0